ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: (IUL)195-A-HR/2017/5 |
||||
ތާރީޚް: 25 އެޕްރީލް 2017 |
|||||
މި ކޮމިޝަނުގެ ނަންބަރރު:(IUL)195-A-HR/195/2017/3 (ތާރީޚް:11 އެޕްރީލް 2017) އިއުލާނުން އިއުލާންކޮށްފައިވާ "އެސިސްޓެންޓް ޑިރެކްޓަރ ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން" މަޤާމާއި "އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޓެކްނިކަލް އޮފިސަރ (އައި.ސީ.ޓީ.ޓެކްނިކަލް އޮފިސަރ)" މަޤާމަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލަމެވެ. އަދި ދަންނަވަމެވެ. ކުރިން ދެންނެވި އިއުލާނާ ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ. |
|||||
މަޤާމު |
އެސިސްޓެންޓް ޑިރެކްޓަރ ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން |
||||
ރޭންކް |
އެމް.އެސް 3 |
||||
ކްލެސިފިކޭޝަން |
އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||||
ސެކްޝަން ޔުނިޓް |
ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން |
||||
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
||||
ބޭނުންވާ އަދަދު |
1 (އެކެއް) |
||||
މުސާރަޔާއި ޢިނާޔަތްތައް |
|||||
އަސާސީ މުސާރަ (މަހަކު) |
9,641.00 ރުފިޔާ |
||||
ލިވިންގ އެލަވަންސް (މަހަކު) |
3,000.00 ރުފިޔާ |
||||
ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %65) (މަހަކު) |
6,266.65 ރުފިޔާ |
||||
ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) |
150.00 ރުފިޔާ |
||||
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ. |
|||||
އަސާސީ ޝަރުޠު |
|||||
ޝަރުޠު |
3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
||||
މަޤާމުގެ މަސްއޫލިއްޔަތު |
- ފަނޑިޔާރުންގެ ސުލޫކާގުޅުންހުރި އެންމެހައި ޝަކުވާތައް ދިރާސާކުރުމާއި، ރިޕޯޓްތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކުގެތެރެއިން ތަޙްޤީޤް ކުރަން ނިންމާ ޝަކުވާތަކާގުޅޭ މަސައްކަތްތައް ކުރުން.
- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުންނާއި ފަރާތްތަކުން ސާފުކުރުން.
- ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ދިވެހިރާއްޖޭގެ ޝަރުޢީކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކަށް ޖަވާބުދާރީވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތަކާ ކޮމިޝަނުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތިން އެމުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ އަދި އިރުޝާދު ދިނުމުގައި އެހީތެރިވުން.
- ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާ ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި ކޮމިޝަނަށް އެހީތެރިވުން.
- ސެކްޝަންގެ މަސައްކަތްތަކާގުޅޭ އެންމެހާ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއެކު ކޮމިޓީތަކުގެ ނިންމެވުންތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުމާއި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
- ސެކްޝަނުން ޖަވާބުދޭން ޖެހޭ މައްސަލަތަކުގައި ވެރިންގެ ލަފައާ އިރުޝާދުގެމެތިން ޖަވާބުތައްޔާރުކޮށް ފޮނުވުން.
- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން ކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން.
|
||||
މަޤާމު |
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޓެކްނިކަލް އޮފިސަރ (އައި.ސީ.ޓީ.ޓެކްނިކަލް އޮފިސަރ) |
||||
ރޭންކް |
އެމް.އެސް 2 |
||||
ކްލެސިފިކޭޝަން |
ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
||||
ސެކްޝަން / ޔުނިޓް |
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް |
||||
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
||||
ބޭނުންވާ އަދަދު |
1 (އެކެއް) |
||||
މުސާރަޔާއި ޢިނާޔަތްތައް |
|||||
އަސާސީ މުސާރަ (މަހަކު) |
8,773.00 ރުފިޔާ |
||||
ލިވިންގ އެލަވަންސް (މަހަކު) |
3,000.00 ރުފިޔާ |
||||
ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50) (މަހަކު) |
4,386.50 ރުފިޔާ |
||||
ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) |
150.00 ރުފިޔާ |
||||
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ. |
|||||
އަސާސީ ޝަރުޠު |
|||||
ޝަރުޠު |
3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
4. މި އިޢުލާނުގެ މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
|
||||
މަޤާމުގެ މަސްއޫލިއްޔަތު |
- ކޮމިޝަންގެ ޕީ.ސީ، ލެޕްޓޮޕް އަދި އެހެނިހެން އިލެކްޓޯނިކް އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން - PHP އަދި MySQL ލެންގުއޭޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަން ފަރުމާކޮށް ބެލެހެްއްޓުން - ވިންޑޯސް ސަރވަރ ސެޓްއަޕް ހެދުމާއި ސަރވަރއަށް ދިމާވާ އެންމެހައި ކަންކަން ހައްލުކުރުން - ގްރެފިކް ޑިސައިނިންގގެ އެންމެހާ މަސައްކަތް ކުރުން - ކޮމިޝަންގެ ނެޓްވާރކާ ގުޅޭ އެންމެހައި ކަންކަން ކުރުމާއި ނެޓްވޯކަށް ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން - ކޮމިޝަންގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުން - ކޮމިޝަނުން ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ ޕްރޮގްރާމްތައް ފަރުމާކުރުމާއި އަދި މިފަދަ ޕްރޮގްރާމްތައް ފަރުމާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއެކު މި ޕްރޮގްރާމްތައް މެއިންޓެއިންކުރުން. - އިންފޮރމޭޝަން ޓެކްނޮލޮޖީއާ ބެހޭ ޕޮލިސީތައް ރޭވުމުގައި އަދި އިމްޕްލިމެންޓްކުރުމުގައި ކޮމިޝަނަށް އެހީތެރިވުން. - މަސައްކަތް ފަސޭހަކޮށް އަވަސްކޮށް ޚަރަދު ކުޑަކޮށް ކުރެވޭނެ އާ ޓެކްނޮލޮޖީ އަށް އަބަދުވެސް ފާރަވެރިވެ އެ ޓެކްނޮލޮޖީ ތަޢާރަފްކުރުން. - ކޮމިޝަނުގައި އިލެކްޓްރޯނިކް ފައިލިންގ ސިސްޓަމެއް ޤާއިމުކުރުން. - ކޮމިޝަނުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުން ހުރި އެންމެހާ މަސައްކަތް ކުރުން. - މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއިއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުުން.
|
||||
މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
|
||||
ސުންގަޑި |
30 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ތީމުގެ އާބުރުޒުހިނގުން) ހުށަހެޅުއްވުން އެދެމެވެ. |
||||
އިތުރުމަޢުލޫމާތު |
8. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
9. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
10. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |