މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                  ނަންބަރު: MRDC-IUL/2017/15

                              ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށްްް މުވައްޒަފުން ބޭނުންވެއްޖެއެވެ. 

މަޤާމް:

ޑްރައިވަރ (ފޯކްލިފްޓް)،  ގްރޭޑް 1

ބޭނުންވާ ޢަދަދު:

05 (ފަހެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް 1

މުސާރަ:

މަހަކު -/6080 ރުފިޔާ (ހަހާސް އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޓެކްނިކަލް ސާވިސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-    މަޤާމަށް ބޭނުންވާ ޑްރައިވިންގ ލައިސަންސް ލިބިފައިވުން.

-     ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.

-     މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އިނގިރޭސި އާއި ދިވެހިބަހުން މުޢާމަލާތުކުރަން އެނގުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-    ކުންފުނީގެ މަސައްކަތަށް ވެހިކަލްތައް ދުއްވުން.

-    އުޅަނދު ދޮވެ، ސާފުކޮށް ބެލެހެއްޓުން.

-    އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި ގެއްލުންތައް ރިޕޯޓްކުރުން.

-    ވެހިކަލުން ކުރެވޭ ދަތުރު ތަފްސީލު ލިޔެ ބެލެހެއްޓުން.

-    ކޮންމެ ދުވަހަކުވެސް މަސައްކަތަށް ފެށުމުގެ ކުރިން ވެހިކަލްގެ ހާލަތު ދެނެގަނެ ރިކޯޑް ބެލެއްޓުން.

-    އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް، އެޔަށް ޢަމަލުކުރުން.

-    މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމް:

ޑްރައިވަރ (ލޮރީ)،  ގްރޭޑް 1

ބޭނުންވާ ޢަދަދު:

07 (ހަތެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް 1

މުސާރަ:

މަހަކު -/6080 ރުފިޔާ (ހަހާސް އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޓެކްނިކަލް ސާވިސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-    ޑްރައިވިންގ ލައިސަންސް C1, C2 ލިބިފައިވުން.

-     ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.

-     މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އިނގިރޭސި އާއި ދިވެހިބަހުން މުޢާމަލާތުކުރަން އެނގުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-    މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-    ކުންފުނީގެ މަސައްކަތަށް ވެހިކަލްތައް ދުއްވުން.

-    އުޅަނދު ދޮވެ، ސާފުކޮށް ބެލެހެއްޓުން.

-    އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި ގެއްލުންތައް ރިޕޯޓްކުރުން.

-    ވެހިކަލުން ކުރެވޭ ދަތުރު ތަފްސީލު ލިޔެ ބެލެހެއްޓުން.

-    ކޮންމެ ދުވަހަކުވެސް މަސައްކަތަށް ފެށުމުގެ ކުރިން ވެހިކަލްގެ ހާލަތު ދެނެގަނެ ރިކޯޑް ބެލެއްޓުން.

-    އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް، އެޔަށް ޢަމަލުކުރުން.

-    މަތީގައިވާ ކަންކަމުގެ އިތުރުން، އެމްއާރުޑީސީ އިން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 މެއި 4 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 މެއި މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                             27 ރަޖަބް  1438

24 އޭޕްރިލް 2017
ހޯދާ