ދިވެހިރާއްޖެ
އިޢުލާން
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ނޯޓިސްބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މިއިދާރާގައި ނޯޓިސްބޯޑެއް ހަދައި ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ 411-B/IUL/2017/5 (03 އެޕްރީލް 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2017ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 04 މެއި 2017ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާގައި ނޯޓިސްބޯޑު ހަދައި ހަރުކޮށްދިނުމުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ރަޖަބް 1438
23 އެޕްރީލް 2017