މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް ކުއްޔަށް ދޫކުރުން (ދެވަނަ ގޮވައިލުން)

 

 

 ނަންބަރު: MREIC/IU/2017/0007

 

ކުއްޔަށް ދޫކުރުން

 

ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް ކުއްޔަށް ދޫކުރުން (ދެވަނަ ގޮވައިލުން):

ހުޅުމާލެ ޓާރމިނަލް (ފެންނާ ގިމަތަ) ގެ 11 އަދި 12 ނަންބަރު ބްލޮކް (2634 އަކަފޫޓް) ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް 2017 އޭޕްރިލް 02 ގައި ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާވަރަށް ތަރުހީބުލިބިފައި ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރިލް 27 ވާ ބުރާސްފަތި ދުވަހު 14:45 ގެ ކުރިން ތިރީގައިވާ މައުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ،

ސަބްޖެކްޓް: ފެންނާ ގިމަތަ – ދިގުމުއްދަތަކަށް ކުއްޔަށް ނެގުން

ކުންފުނީގެ ނަން:

ކުންފުނި ތަމްސީލް ކުރާފަރާތުގެ ނަން:

ގުޅޭނެ ނަމްބަރ:

އީމެއިލް އެޑްރެސް:

 

މިގޮތުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް 2017 އޭޕްރިލް 27 ވާ ބުރާސްފަތި ދުވަހު 16:00 ގެ ކުރިން އީމެއިލް ކުރާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 މޭ 07 ވާ އާދިއްތަ ދުވަހު 14:45 ގައި، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމްގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 ރަޖަބު 1438

23 އޭޕްރިލް 2017

23 އޭޕްރިލް 2017
ހޯދާ