މަޤާމް:
|
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-222236
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 2 (މެނެޖީރިއަލް ސަރވިސް 2)
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ސެކްޝަން:
|
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް
|
މަޤާމް އޮތް އޮފީސް:
|
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ/ހދ. ވައިކަރަދޫ
|
މުސާރަ:
|
-/6295ރ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ)
|
ސަރވިސް އެލަވަންސް:
|
-/2000ރ (ދެހާސް ރުފިޔާ)
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވައިކަރަދޫ ކައުންސިލުން ކުރަމުންގެންދާ އިޤްތިޞާދީ ތަރައްޤީއާބެހޭ އެންމެހައި މަސައްކަތްތައް ކައުންސިލުންދޭ އިރުޝާދާ އެއްގޮތަށް، ކައުންސިލުގެ "އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް" ޔުނިޓު ހިންގުމާ ޙަވާލުވެހުންނަވާ ވެރިއެއްގެ ލަފާގެމަތިން ކުރުން.
- ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ބޭނުންކޮށްގެން، ކައުންސިލަށް އާމްދަނީ ލިބޭނޭ ގޮތަކަށް ރައްޔިތުންނަށް އެންމެ މަންފާ ހުންނަގޮތަށް ބޭނުންކުރުމަށް ކައުންސިލުން ނިންމާކަންކަން ހަމަޖެހިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހިންގައި ބަލަހައްޓަމުން ގެންދިއުން.
- އިޤްތިޞާދީ މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވައިލާ ބެލެހެއްޓުން.
- ރަށުގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ކުރުމާއި، މި ދެ ދާއިރާއަށްވެސް ގެންނަންޖެހޭ ކުރިއެރުން ރަށުލެވެލްގައި ގެނެވޭނެގޮތައް ހޯދައި، ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރަށުގެ ޢާއްމު ވިޔަފާރިތަކާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް ވިޔަފާރިތަކަށް ގެންނަންޖެހޭ ކުރިއެރުން ގެނެވޭނެގޮތަށް ވިޔަފާރީގެ ދާއިރާއިން ކައުންސިލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކާއި، ވިޔަފާރި ފިހާރަތަކާއި، ހޮޓާ، ކެފޭ ރެސްޓޯރަންޓްތަކަށް ހަދަންޖެހޭ އެންމެހައި ރަޖިސްޓަރީތަކާއި ލައިސަންސްތައް އަދި ހުއްދަތައް ހަދާ ދޫކުރުން.
- ޔުނިޓުންކުރާ މަސައްކަތްތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އޮފީސްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ޞައްޙަ މަޢުލޫމާތާއެކު ތައްޔާރުކޮށް ފޮނުވުން.
- ވަޒީފާގެ ބާޒާރަށް ނުކުންނަ ޢުމުރުފުރާގެ ކުދިންނަށް އަމާޒުވާ ފުރުޞަތުތަކަށް މަގުފަހިކޮށްދީ އެކަންކަން ހިންގައި ބެލެހެއްޓުން.
- ޔުނިޓަށް ލިބޭ، އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅުންހުރި ސިޓީ/މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ޔުނިޓާ ޙަވާލުވެހުންނަވާ ފަރާތުގެ މަޝްވަރާއާއެކު، ކައުންސިލް މެމްބަރުގެ ލަފާގެމަތިން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
- މަޤާމުގެ ދާއިރާގެ ތެރެއިން، ޤަވާޢިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ކޮމާސް، ބިޒްނަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ކޮމާސް، ބިޒްނަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އިކޮނޮމިކްސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ކޮމާސް، ބިޒްނަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ކޮމާސް، ބިޒްނަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ކޮމާސް، ބިޒްނަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް، ކޮމާސް، ބިޒްނަސް، އެކައުންޓިންގ އެންޑް ފައިނޭންސް، އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ދާއިރާ
|
ބެލޭނެ ބައިތައް
|
ދެވޭނެ އެންމެ މަތީ މާރކްސް
|
އިންސައްތަ (%)
|
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ އިތުރު ތަޢުލީމު
|
60
|
25.5
|
ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން
|
30
|
12.5
|
އިމްތިޙާން
|
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
މަސައްކަތުގެ ތަޖުރިބާ
|
ވަޒީފާއާ ގުޅޭ ތަޖުރިބާ
|
23
|
10
|
އެހެނިހެން ތަޖުރިބާ
|
10
|
4
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު / ޕްރެކްޓިކަލްސް
|
100
|
43
|
ޖުމްލަ
|
235
|
100
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މެއި 03 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، info@vaikaradhoo.gov.mv އެވެ. ފެކްސް ނަންބަރަކީ، 6520556 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 މެއި 06 އާއި 2017 މެއި 16 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520046 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520556 އެވެ. އީ-މެއިލް ކުރާނީ info@vaikaradhoo.gov.mv އަށެވެ.
|