ދިވެހިރާއްޖެ
ނަންބަރ: IUL)285-A/285/2017/19) އިޢުލާން އިރުމަތި ފަރާތު ރެސްޓޯރެންޓްގައި އެލްމިނިއަމް ދޮރު ހަރުކުރުމާ ގުޅޭ އިރުމަތި ފަރާތު ރެސްޓޯރެންޓްގައި އެލްމިނިއަމް ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)285-C/285/2017/17 ގުޅިގެން އެކަށީގެންވާ އަދަދަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ މިޢުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އޭޕްރިލް 2017 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 03 މެއި 2017 ވާ ބުދަ ދުވަހުގެ 13:30 ށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ) ނުވަތަ ޤާނޫނު ނަންބަރު 2014/19 ( އަމިއްލަ ފަރުދުންގެ ވަޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެފަދަ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.އަދި މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ. 23 ރަޖަބު 1438 20 އޭޕްރިލް 2017
|