އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

އައްޑޫ އޮޑިދޯނިފަހަރަށް ފަސޭހައިން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލައަށް ޑިޒައިންކޮށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރ: IUL)426-AA/426/2017/49) އާއި ގުޅިގެން ޝަރުޠު ހަމަވާ ބިޑް އެކަށީގެންވާ ވަރަށް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރައަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.            

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ރަޖަބް 1438  

20 އޭޕްރިލް 2017
ހޯދާ