ދިވެހިރާއްޖެ
ނަމްބަރ: (IUL)399-CA/399/2017/47
އިޢުލާން
މިއިދާރާގެ ވޭން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ،
މިއިދާރާގެ ވޭން (G5002) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ (IUL)399-CA/399/2017/10 (26 ޖަނަވަރީ 2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފީމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މަޢުލޫމާތު ސާފްކޮށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
|
|
ތަން |
ތާރީޚް |
ގަޑި |
1 |
މަޢުލޫމާތު ސާފްކުރުން |
ގަމު ކައުންސިލް އިދާރާ |
26 އޭޕްރީލް 2017 (ބުދަ) |
13:00 |
2 |
ބިޑް ހުށައެޅުން |
ގަމު ކައުންސިލް އިދާރާ |
2 މެއި 2017 (އަންގާރަ) |
13:00 |
ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފްކުރެވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފްކުރުމަށާއި އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. ވޭން މަރާމާތުކުރުމަށް ކުރިމަތިލެވޭނީ ކުލަބު ޖަމްއިއްޔާ ޖަމާޢަތްތައް، ކުންފުނިތައް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
23 ރަޖަބު 1438
20 އޭޕްރީލް 2017