މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށް ދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމާއި ބެހޭ

ޕްރީކުއަލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު

15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށް ދޭނެ ފަރާތެއް ޕްރީކޮލިފައިކުރުމާއި ބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން، ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ ، ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ. ފީއަލި، ލ.މާވަށު، ފ. ބިލެއްދޫ، ރ. އިންނަމާދޫ،   ށ. ފީވަކު، ގއ. ގެމަނަފުށި، ގދ. މަޑަވެލީ  އަދި ހއ. ބާރަށް، މި 15 ރަށުގެ ނަރުދަމާ މަޝްރޫއަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13-K/13/2017/55)  އިއުލާނަށް ރަޖިސްޓަރީވުމުގެ މުއްދަތު 2017 މޭ 4 ވަނަ ދުވަހުގެ 13:00 ނިޔަލަށް އިތުރުކުރުމަށްވަނީ ނިންމަވައިފައެވެ.

މިމަޝްރޫޢުގެ ތިރީގައިވާ މަސައްކަތަށް މެނުފެކްޗަރުން ހޮވުމުގެ ގޮތުން ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  • 15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ ސިވިލް ވޯރކްސް މެޓީރިއަލްސް ސަޕްލައިކޮށްދިނުން.

ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 4 މޭ 2017 ނިޔަލަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިމިނިސްޓްރީންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017އެޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ،

ފޯނު ނަންބަރ: (960)3349106, (960)3349125

ފެކްސް: (960)3324432

މާލެ،  ދިވެހިރާއްޖެ.

އީ-މެއިލް އެޑްރެސް: [email protected] 

             [email protected]

ޕްރިކޮލިފިކޭޝަން ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2017މޭ 8 ވާ ހޯމަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

20 އެޕްރީލް 2017
ހޯދާ