ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑިސްޓްރިބިއުޝަން ފޮށި، ކޭބަލް އަދި ޓްރާންސްފޯމަރ ހޯދުމާ ގުޅޭ:
ނަންބަރ:FNK-K(T)/FNK/IUL/2017/057
އިޢުލާން
ޑިސްޓްރިބިއުޝަން ފޮށި، ކޭބަލް އަދި ޓްރާންސްފޯމަރ ހޯދުމާ ގުޅޭ:
މިކުންފުނީގެ ބްރާންޗްތަކަށް ބޭނުންވާ ޑިސްޓްރިބިއުޝަން ފޮއްޓާއި، ކޭބަލް އަދި ޓްރާންސްފޯމަރ ގަތުމަށް ބޭނުންވެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިއުމަންޓެއް ކަމުގައި ދަންނަވަމެވެ.
- ބިޑް ޑޮކިއުމަންޓްގެ އަގު: USD 100.00 (ސަތޭކަ ޑޮލަރު) ނުވަތަ އެޢަދަދަށްވާ ދިވެހި ފައިސާ (ނޮން ރިފަންޑަބަލް)
- ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 02 މެއި 2017 ގައި ބިޑް ވިއްކާނީ ހެނދުނު 11:30 ހުން މެންދުރުފަހު 14:30 އަށެވެ. އަދި 03 މެއި 2017 އިން 10 މެއި 2017 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހުގެ 14:30 އަށް.
- ފައިސާ ބަލައިގަންނަ ތަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް( ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ)
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށްބާއްވާ ފުރަތަމަ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލްވުން އޮންނާނީ 2017 މޭ 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައެވެ. އަދި ދެވަނަފަހަރަށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލްވުން އޮންނާނީ 2017 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައެވެ.
- މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށާއި، ދެވަނަފަހަރަށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލްވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
- ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ 2017 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.
20 އެޕްރީލް 2017
ހޯދާ