ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: IUL) 438/438/2017/78)
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ދަށުން ޏ.ފުވައްމުލަކުގައި އަދި އައްޑޫ ސިޓީގައި ޤާއިމްކުރާ އިކޯ-ޓުއަރިޒަމް ފެސިލިޓީތަކަށް ބޭނުންވާ ވެސަލްތަކާއި އިކުއިޕްމަންޓްތައް (ތިރީގައި ދެންނެވިފައިވާ) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
02 Coin Operated Binoculars
06 (Paddle Boat (2 seater
06 (Paddle Boat (5 seater
16 Snorkel Gear
30 Birdwatching Binoculars
50 Life Jackets
08 Canoe
02 Inflatable Dinghy
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 މޭ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ސޮފްޓް ކޮޕީ ފޯރމެޓްގައި ޝޮޕިންގް ޑޮކިއުމަންޓް ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 ، ފެކްސް: 3018301
އީމެއިލް: [email protected]
އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2017 މޭ 11ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
20 އެޕްރީލް 2017