މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

   

މަޤާމް              : މަސައްކަތު

ބޭނުންވާ ޢަދަދު         : 01

ރޭންކް              : އެސް. އެސް. 1

ކްލެސިފިކޭޝަން         : ސަޕޯޓް ސްޓާފް ގުރޭޑް 1

މުސާރަ              : -/3100 ރުފިޔާ                        

ސަރވިސް އެލަވަންސް      : -/1000 ރުފިޔާ              

ވަޒީފާ އަދާކުރަންޖެހޭ ތަން    : މިލަންދޫ ސްކޫލް

ގިންތި               : ދާއިމީ

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ގޯތިތެރެއާއި ސްކޫލް ހިމެނޭ ސަރަހައްދުގެ މަގުތައް ކުނިކަހައި ސާފުކުރުމާއި، ސީ.އެފްސީ ކްލާސްތައް ކުނިކަހައި މޮޕްކުރުމާއި، އެހެނިހެން ކްލާސްތައް ކުނިކަހައި ސާފުކުރުން (ފޮޅައި ސާފުކުރުމާއެކު)
  2. ހަވާލުކުރެވޭ އެންމެހައި އިމާރާތްތައް ކޮންމެ ދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އެއިމާރާތްތަކުގެ ފަންކާތައް ސާފުކުރުން.
  3. ހަވާލުކުރެވޭ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.
  4. ސްކޫލުގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އިމްތިޙާންތަކަށް ހޯލް ތައްޔާރުކުރުމާއި، އެކަން ނިމުމުން ކްލާސްތައް ރޭވުން.
  5. ހަވާލުކުރެވޭ އެންމެހާ މެޝިނަރީސްތައް، ކޮންމެދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  6. އިތުރު ހަރަކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.
  7. ސްކޫލުގެ ގޯތިތެރޭގައިވާ ރުއްގަސްތަކުގެ ތެރެއިން ހަވާލުކުރެވޭ ރުއްގަސްތައް ކޮށައި ބެލެހެއްޓުން.
  8. ފާޚާނާއަށްދާ ދަށް ގްރޭޑްގެ ދަރިވަރުންނަށް އެހީތެރިވުން.
  9. އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމާއި، ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.
  10.  ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ އެހެނިހެން މަސައްކަތް ކުރުން.

ޝަރުޠު: 

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 - ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

އިންޓަރވިއު ކުރުން

- އިންޓަރވިއު އޮންނާނީ 2017 މެއި 03 އާއި 11 އާ ދެމެދުގެ މުއްދަތުގައި މިސްކޫލުގައެވެ. އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑުވެސް ކުރެވޭނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ( ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހުމަށްފަހު )

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 އޭޕްރިލް 30 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރު6540541 ފޯނަށް ގުޅުއްވުން އެދެމެވެ. 

                                        20 އޭޕްރީލް 2017މ.

20 އޭޕްރިލް 2017
ހޯދާ