ދިވެހިރާއްޖެ
ނަންބަރު:FNK-K(T)/FNK/IUL/2017/059
އިޢުލާން
މ.ވޭވަށް ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމާގުޅޭ:
މިކުންފުނީގެ މ.ވޭވަށް ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހޯދުމަށް ކުރެވިފައިވާ ނަންބަރ FNK-K(T)/FNK/IUL/2017/053 އިޢުލާންއަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރީލް 24 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ މ. ވޭވަށް ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޭޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ މ. ވޭވަށް ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
22 ރަޖަބް 1438
19 އޭޕްރީލް 2017