ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަ ގަސްތަކެއް ސިޓީލައި ނީލަމުގައި ވިއްކާލުމާއިބެހޭ

                                                   ނަންބަރ: IUL)267/267/2017/16) 

އިޢުލާން

 

 ފުނަ ގަސްތަކެއް ސިޓީލައި ނީލަމުގައި ވިއްކާލުމާއިބެހޭ

                             ކުމުންދޫ ބޯޅަދަނޑާއި ބައެއް މަގުތަކުން ކެނޑި 122 ގަސްފުނަ ސިޓީލައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިގަސްތަކަށް އަގު ހުށައެޅޭނީ ހުރިހާގަހަކަށް އެއްކޮށެވެ. ނީލަން ފެށޭ އަގަކީ -/70000 (ހަތްދިހަ ހާސް) ރުފިޔާއެވެ.

                    ވީމާ، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު 10:30 ން 12:00 މި ކައުންސިލަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ފަހު، ހުށައަޅުއްވާ އެންމެ މަތީ އަގު ލިޔުއްވާ، ސިޓީއުރައެއްގައި ބަންދުކޮށްފައި 25 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 12:30 ފެށިގެން މި ކައުންސިލަށް ހުށައަޅުއްވަމުން ގެންދިއުން އެދެމެވެ.

                        ނީލަން ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީދުވަސްދުވަހުގެ ހެނދުނު 9:30 ގައި މިއިދާރާގެ ނޯޓީސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. ނީލަން ނިމުމުން ނީލަން ކާމިޔާބުވި ފަރާތް 10 ދުވަސްތެރޭގައި ގަސްތައް ނަގަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520034، 9919444 ނަންބަރު ފޯނާއެވެ.

                        މިހެންވެ، މިކަން އާންމުކޮށް އިއުލާންކުރަމެވެ.

19 އޭޕްރިލް 2017
ހޯދާ