ދިވެހިރާއްޖެ
އިޢުލާނު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު
2017 އެޕްރީލް 19 ވާ ބުދަ ދުވަހުން ފެށިގެން 2017 އެޕްރީލް 26 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ޢައްޔަން ކުރަންވާނީ އަންނަނިވި ދާއިރާތަކުންކަމަށް ބަޔާންކޮށްފައިވެއެވެ.
i. ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއް؛
ii. މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް؛
iii. ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއް.
އެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ބ) ގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.
1. |
ދިވެހި ރައްޔިތަކަށްވުން؛ |
2. |
ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛ |
3. |
ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛ |
4. |
އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛ |
5. |
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަގާމެއް، ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކުރާ މުސްތަޤިއްލު މުއައްސަސާއެއްގެ ނުވަތަ ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާއެއްގެ މެންބަރެއް ކަމުގައި ނުވުން. |
ވީމާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
2 . މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު
3. ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ 8:00 އިން 14:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
________________________
22 ރަޖަބު 1438
19 އެޕްރީލް 2017