ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ރަށްރަށުގައި އަޅަމުންގެންދާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކޮޅުމަޑުލު ގުރައިދޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

ނަމްބަރ (IUL)386/386/2017/14

 

އިޢުލާން

 

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ރަށްރަށުގައި އަޅަމުންގެންދާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކޮޅުމަޑުލު ގުރައިދޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

 

         ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކޮޅުމަޑުލު ގުރައިދޫ ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރަންބޭނުންވެއްޖެއެވެ.    

          ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 އޭޕްރީލް  2017 ވަނަ ދުވަހުގެ 11.00 ގައި ތ. ގުރައިދޫ ކައުންސިލް އިދާރާއިން މަޢުލޫމާތުދިނުން އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 30 އޭޕްރީލް 2017 ވަނަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުސާފްނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

 

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

v       ހުށަހޭ އަގަށް ދެވޭ މާކްސް

v       މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v       މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގު ހުށަހާ ފާރާތަށް

80%

އަގު

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

v       ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް

v       މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v       މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށް

10%

 މުއްދަތު

( Submitted certificates of experience / Benchmark  certificates  ) x Allocated Percentage

v       ތަޖުރިބާ ވަޒަންކުރެވޭނީ ހަވާލުކުރެވުނު މަސައްކަތާއި އެއްގޮތް މަސައްކަތެއް ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުމަށް ބަލައިގެންނެވެ.

v       މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި މި މަސައްކަތް ކުރުމުގެ މަސައްކަތުގައި ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v       މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އިމާރާތް ކުރިކަމުގެ ލިޔުން އެންމެ ގިނައިން ހުށައަޅާފައިވާ ފަރާތްތަކަށެވެ.

10%

ތަޖުރިބާ

 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި

* އެސްޓިމޭޓާއެކު ހުށަހަޅާ ސިޓީ

* އެސްޓިމޭޓްގެ އަސްލު

* އައިޑީކާޑްގެ ފޮޓޯކޮޕީ/ ކުންފުންޏެއްނަމަ އެފަދަ ފަރާތެއްގެ ރަޖިސްޓްރީކޮޕީ

* ތަޖުރިބާ/ ނުވަތަ މިރޮގުން ކޮށްފައިވާ މަސައްކަތް ( ހުރިނަމަ )

ތ. ގުރައިދޫ ގައި އެޅުމަށްހަމަޖެހިފައިވާ ވޮލީކޯޓް ތަރައްޤީކުރުން

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

 ތ.ގުރައިދޫ، ދިވެހިރާއްޖެ

އަންދާސީ ހިސާބު ހުޅުވުން

އަންދާސީ ހިސާބު ބަލައިގަންނާނީ 30 އޭޕްރީލް 2017 ވަނަދުވަހުގެ 11.00

 މިއިދާރާގެ ކޮންފަރަންސް ރޫމްގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. ނަމަވެސް، އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަށް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ( ހުށަހަޅަންޖެހޭ ތަކެތި ހުށަނާލައިފިނަމަ އެފަދަ އެސްޓިމޭޓް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. )

 

  މިހެންވެ މިކަން އާޢްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        18 އޭޕްރީލް  2017

                                               

               

                                                                                   ހުސައިން އަޙަދު

                                                                            ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ ރައީސް

                                                                      

18 އޭޕްރިލް 2017
ހޯދާ