ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/INDIV/2017/21
އިޢުލާން
ނަހުޒާ ޤުރުއާން ކްލާހަށް މަސައްކަތު މީހަކު ބޭނުންވެއްޖެ
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާއަދާކުރަންޖެހޭ ތަން : ނަހްޒާ / ނ.ވެލިދޫ
މަޤާމުގެ މުސާރަ: =/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ
މަޤާމުގެ ގިންތި: ދާއިމީ
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1- ނަހްޒާ ޢިމާރާތުގައި ކިޔަވައިދެމުންދާ ނަހްޒާޤުރުއާން ކްލާހުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ހެނދުނު 9:00 ގެ ކުރިން މަދުވެގެން 1 (އެކެއް) ފަހަރު ގޯތިތެރެއާއި ގޯތީގެ ދެމަގުމަތި ކުނިކެހުން، އަދި ކިޔެވުންއޮންނަ ކޮންމެދުވަހަކު ކްލާސްތަކާއި އޮފީސްތެރެއާއި ، ފާޚާނާކުނިކަހާ ސާފްކުރުމާއި، ކުނިއުކާލުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ކުނިކޮއްޓަށް ކުނިއުކާލުން.
2- ހަފްތާއަކު 01 ދުވަހު ކްލާސްތަކާއި، އޮފީސްތެރެތަޅުން މޮޕްކޮށް ދޮރާއި ދޮރުފަތުގެ ބިއްލޫރި ސާފްކުރުން.
3- މަހަކު އެއްފަހަރު ފަންކާފުހެ ސާފްކުރުން.
4- ގުރުއާން ކްލާހުގައި ހިހްގާ އިތުރުހަރަކާތްތައް ހިންގުމުގައި މުވައްޒަފުންނަށް އެހީތެރިވުން.
5- ޤުރުއާންކްލާސް އޮންނަ ކޮންމެދުވަހަކު 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރުން.
6- ޤުރުއާން ކްލާސްހިންގާ ފަރާތުން އަންގާގޮތެއްގެ މަތިން މަސައްކަތްކުރުން.
7- ޤުރުއާންކްލާހުގެ ލިޔެކިޔުންތައް ހަވާލުކުރުމަށް އަންގާ ފަރާތަކާ ހަވާލުކުރުން.
8- މަސައްކަތަށް ބޭނުންވާތަކެތި ކޮންމެމަހެއްގެ 05 ގެ ކުރިން ޤުރުއާން ކްލާސްހިންގުމާ ހަވާލުވެ ހުންނަވާ ފަރާތަށް ހުށަހެޅުން.
9- ޤުރުއާންކްލާސް ހިންގުމާ ހަވަލުވެ ހުންނަވާ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތްކުރަމުން ގެންދިއުން.
10- މީގެއިތުރުން ވަޒީފާއާއިގުޅޭގޮތުން ޤުރުއާންކްލާހުން ހަވާލުކުރާކަންކަން ކުރުން.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 އެޕްރީލް 2017 ވާ އާދިއްތަދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2017 މެއި 02 އާއި 04 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ.
21 ރަޖަބް 1438
18 އޭޕްރީލް 2017
ޢަލީ އަޙުމީން
ވެލިދޫ ކައުންސިލްގެ ރައީސް