ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެބްސައިޓް ޑިވެލޮޕްކުރުން

އިޢުލާން

ނަމްބަރު: TCL/PROC-TA/2017/005

 

މި ކޯޕަރޭޝަނުގެ އާ ވެބްސައިޓް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީވެ އިޢުލާން ނަމްބަރ (TCL/PROC-TA/2016/043) ބާޠިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.

 

 

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން/ރެޖިސްޓްރޭޝަން

ޓީސީއެލް ހެޑް އޮފީސް

05 ދުވަސް

20 އެޕްރީލް  2017 އިން 26 އެޕްރީލް 2017 އަށް

09:00 އިން 13:00އަށް

ޕްރީ ބިޑް މީޓިންގ އަދި ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

27 އެޕްރީލް 2017

14:00 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

07 މޭ 2017

14:00 ގައި

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

 

  • ބީލަން ފޮތުގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ) އެވެ.
  • ބީލަން ހުށަހަޅުއްވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

 

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓާއި ގުޅުއްވުން އެދެމެވެ.

 

18 އެޕްރީލް 2017

21 ރަޖަބު 1438

 

Fen Building/ 4th floor                                                         ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                      އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                          ފޯން: 3307513،3307515 ފެކްސް: 3307514

18 އޭޕްރިލް 2017
ހޯދާ