ދިވެހިރާއްޖެ
ނަންބަރު:A)AC-2017/139)
އިޢުލާނު
ވަޒީފާގެ ފުރުޞަތު |
|
މަޤާމް: |
ޕްރޮޓޮކޯލް އޮފިސަރ |
ބޭނުންވާ އަދަދު: |
05 (ފަހެއް) |
މަސައްކަތް ކުރަންޖެހޭތަން: |
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި |
އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/800 ރުފިޔާ |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
މަސައްކަތުގެ މުއްދަތު: |
08 (އަށެއް) ދުވަސް (މުވައްޒަފުގެ ޚިދުމަތް ކޮމިޝަނަށް އިތުރަށްބޭނުންވާނަމަ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) |
މަސައްކަތުގެ ވަގުތު: |
މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ދެފަރާތުން އެއްބަސްވާ ގަޑިތައް |
ފެންވަރު ނުވަތަ ޝަރުޠު: |
|
އެހެނިހެން ޝަރުޠުތައް |
|
މަސްއޫލިއްޔަތު: |
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާރވް ކުރުމަށް ރާއްޖެއިން ބޭރުން ވަޑައިގެނަންނަވާ ޑެލިގޭޝަންތަކުގެ އެންމެހާ ޕްރޮޓޮކޯލް ކަންކަން ބެލެހެއްޓުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. މަތީގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެ ނަމަ، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. މި އިޢުލާނުގައިވާ މަސައްކަތްތައް ހިނގަމުންދާ ދުވަސްވަރު، މި އިޢުލާނުގައިވާ މަސައްކަތަށް ހޮވިފައިވާ ފަރާތަކުން އުޒުރުވެރިވެއްޖެނަމަ، މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ ފުރުޞަތު ދެވޭނެއެވެ. |
ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު
އެކި އެކި ބައިތަކަށް ކަނޑައަޅާފައިވާ މާކްސް
ބައިތައް |
މާކްސް |
ތަޢްލީމް |
20 މާކްސް |
މަސައްކަތު ތަޖުރިބާ |
30 މާކްސް |
އިންޓަރވިޔު |
50 މާކްސް |
ޖުމްލަ |
100މާކްސް |
21 ރަޖަބްް 1438
18 އެޕްރީލް 2017