މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޗާންދަނީމަގު 30 ނަންބަރު ފިހާރަ (ތިރީބައި) ކުއްޔަށް ދިނުން :

       

ޗާންދަނީމަގު 30 ނަންބަރު ފިހާރަ ތިރީބައި (ތަޢުލީމީ ފަންޑުގެ 29 ނަންބަރު ފިހާރަ ) 473 އަކަފޫޓް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-TF/1/2017/133) އިޢުލާނުގެ މަޢުލޫމާތަށް ބައެއް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާތިލް ކޮށްފީމެވެ.

ވީމާ، މި ފިހާރަ ، އަކަފޫޓަކަށް -/75 (ހަތްދިހަ ފަހެއް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މި ފިހާރަ ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2017 އޭޕްރިލް 25 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެދުރުހިޔާ 9 ވަނަ ފަންގިފިލާ  އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން 2017 އެޕްރީލް 19 ވާ ބުދަ ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30.000 (ތިރީސް ހާސް) ރުފިޔާ މި އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193  ފޯނަށް ގުޅުއްވުން އެދެމެވެ.

18 އޭޕްރިލް 2017
ހޯދާ