ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ބެހޭ
ނަންބަރު: (IUL)260/260/2017/18
އިޢުލާނު
މިރަށުގެ އަލަށް އާބާދުވަމުންދާ ސަރަހައްދުން ކަރަންޓްލުމަށްޓަކައި ކަރަންޓް ކޭބަލް އެޅުމަށް ބޭނުންވާ މަގުތަކުގައި ހުރި ރުއްތަކާއި، އަލަށް އިމާރާތްކުރާ ހުކުރު މިސްކިތުގެ އިރުމަތިން ހަދާ މަގުން ނަގާފައިވާ ގަހާއި، ދަރުތަކުގެ ނީލަންކިޔުން 24 އޭޕްރީލް 2017 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި އޮންނާނެއެވެ. ނީލަން ފެށޭނީ 9:00 ގައި އަލަށް އާބާދުވާ ސަރަހައްދުންނެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ވަޑައިގަން ދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
21 G 1438
18 އޭޕްރީލް 2017
އަޙްމަދު ޒިޔާދު މުހައްމަދު
ނައިވާދޫ ކައުންސިލްގެ ރައީސް
18 އޭޕްރިލް 2017
ހޯދާ