ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތީގެ ކޭބަލް ހޯދައި ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަގު ބައްތީގެ ކޭބަލް ހޯދައި ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގދ. ނަޑެއްލާގެ އެކި ސަރަޙައްދުތަކުގައި ނުޖެހިހުރި 18 މަގު ބައްތިއަށް އަޅާފައިވާ ކޭބަލްތަކުގެ ކޮޅު ކޮނެގެން ހޯދުމާއި، މިހާރު ޖަހާފައިހުރި 4 މަގު ބައްތިއަށް ކޭބަލް އެޅުމަށްޓަކާ ކޯރުކޮނެ މި އިދާރާއިން ދޭ ތަކެތީގައްޔާއި އަމިއްލަ ތަކެތީގައި ކޭބަލް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރ: (IUL)418-AS/418/2017/18 (06 އޭޕްރިލް 2017) އިޢުލާނާއި ގުޅިގެން މަދުވެގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައިއެވާ ގަޑިތަކުގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށްޓަކާ ގަޑިޔަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި "މަގު ބައްތީގެ ކޭބަލް ހޯދައި ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދިނުމަށް އެދި" މިގޮތައް ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން

  • މަޢުލޫމާތު ސާފުކޮށްދިނުން: 23 އޭޕްރިލް 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި 
  • އަންދާސީ ހިސާބު ބަލައިގަތުން: 27 އޭޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

21 ރަޖަބު 1438

18 އޭޕްރީލް 2017

18 އޭޕްރިލް 2017
ހޯދާ