ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

ހދ. އަތޮޅު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަހަލައްޓައިދޭނެ ފަރާތެއް ހޯދުމަށް 15 މާރޗް 2017 ގައި މި ކައުންސިލުން ކުރި ނަންބަރު: IUL 226-A/PRIV/2017/12  އިޢުލާން ބާޠިލްކޮށް،  މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ހދ. އަތޮޅު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 02 މެއި 2017 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމުގައި ދަންނަވަމެވެ.

އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

18 އޭޕްރިލް 2017
ހޯދާ