ދިވެހިރާއްޖެ
މަގާމު |
ހިއުމަންރިސޯސް އޮފިސަރ |
މަގާމުގެ ނަންބަރު |
J-285685 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަގާމުގެ ގިންތި |
ދާއިމީ |
މަގާމުގެ ރޭންކް |
އެމް.އެސް -2 |
މަގާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ސެކްޝަން |
އެޑްމިން އެންޑް އެޗް.އާރު.ސެކްޝަން |
އޮފީސް |
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް |
މުސާރަ |
6,295.00 ރުފިޔާ |
ސަރވިސް އެލަވަންސް |
2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަގާމުގެ ޝަރުތުތައް. |
1. ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3. ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 4. ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްއާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1. ސިވިލް ސަރވިސްގެ ގަވާއިދާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޚާއްޞަ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވައި، މަޢްލޫމާތު ސާފުކޮށްދިނުން. 2. ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުން ސަލާމް ބުނުމުގެ ކަންތައް ބެލެހެއްޓުމާއި ގަވާއިދާ ޚިލާފުވާ މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުންނަށްމަޝްވަރާދީ އެފަދަ މައްސަލަތައް އިސްލާހުކުރުން. 3. އަޚްލާޤީ މައްސަލަތަކާގުޅިގެން މުވައްޒަފުންނަށް އަޅަންޖެހޭ ކުށުގެ ދަރަޖައިގެ ފިޔަވަޅުތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން. 4. އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ނޯޓް ފަދަ ލިޔުންތައްލިޔެ، ފޮނުވުމާއި ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. 5. އަލަށް ވަޒީފާއަށްއެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާއި ހިންގުމާއި، ވިއުގަ ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންގެ ވަޒީފާއާގުޅޭ މަސައްކަތްތައް ކުރުން. 6. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސްޓަކްޗަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ބަދަލަކާ އެއްގޮތަށް ސިސްޓަމްއިން ސްޓަކްޗަރ ފާސްކުރުމަށް ފޮނުވުން. 7. މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް ނިންމުމާއި، މުވައްޒަފުންގެ އަހަރީޗުއްޓީގެ ކަންތައް ބެލެހެއްޓުން. 8. މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމްގެ ކަންތައް ގަވާއިދުން ބެލެހެއްޓުމާއި، ސެޕް ސިސްޓަމަށް މުވައްޒަފުންގެ ރެކޯޑްތައް އަޕްލޯޑް ކުރުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ކަންތައް ހިންގާ ބެލެހެއްޓުން. 9. މުވައްޒަފުންގެ ސްޓޭޓަސް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ލޯން އެޅުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން. 10. މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމް، ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ބެލެހެއްޓުން. 11. މުވައްޒަފުންގެ ޕީ.އޭ މަސައްކަތް ހިންގާ ބެލެހެއްޓުން. 12. މުވައްޒަފުންގެ ހާޒިރީއާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ސްޕަވައިޒަރަށް ހުށަހެޅުން. 13. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
މަގާމު: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަގާމުގެ ނަންބަރު: |
J-273111 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
އެމް.އެސް-1 |
މަގާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އެޑްމިން، އެޗް.އާރު އެންޑް ފައިނޭސް ސެކްޝަން |
އޮފީސް: |
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް |
މުސާރަ: |
5,610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަގާމުގެ ޝަރުތުތައް |
1- އިދާރީ ހިންގުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިދާރީ ހިންގުމާއި ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- އިދާރީ ހިންގުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 3- އިދާރީ ހިންގުމާއި، ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް އެކި ފަރާތްތަކުން ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަތުމާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި އެފަރާތްތަކަށް ފޮނުވުމުގެ ކަންތައް މެނޭޖްކޮށް ބެލެހެއްޓުން. 2. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުމުގެ ކަންތައް ރާވައި ހިންގުމާއި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ސަލާމުގެ ފޯމުތަކާއި ސެޓުފިކެޓުތަކާއި ޗުއްޓީ ފޯމުތައް ފައިލްކޮށް ބެލެހެއްޓުން. 3. އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ކަނޑައަޅާފައިވާ ތާރީޚަށް އަހަރު ރިޕޯޓް މިނިސްޓްރީއަށް ފޮނުވުން. 4. މުވައްޒަފުންގެ ސަލާމާއި އާއިލީޒިންމާ ޗުއްޓީއާއި އެނޫން ލިޔެކިއުންތައް ބަލައިގަނެ، ހަމަޖެހިފައިވާ އުސޫލުން އެޕްރޫވް ކުރުމަށްފަހު އެލިޔުންތައް ގަވާއިދު ފައިލްކޮށް ބެލެހެއްޓުން. 5. މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ ހާޒިރީ ރެކޯޑްތައް ކަނޑައަޅާފައިވާ މުއްދަތަށް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނާ ހަވާލުކުރުން. 6. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
މަގާމު: |
ޕްރޮކިއުމަންޓް އޮފިސަރ |
މަގާމުގެ ނަންބަރު: |
J-273122 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
އެމް.އެސް-1 |
މަގާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
ލޮޖިސްޓިކް އެންޑް ޓެކްނިކަލް މެނޭޖްމަންޓް ސެކްޝަން |
އޮފީސް: |
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް |
ވަޒީފާއަދާކުރަންޖެހޭ ތަން: |
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް |
މުސާރަ: |
5,610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
1- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަގާމުގެ ޝަރުތުތައް: |
1- ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޖެޓް އެންޑް ފައިނޭންސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 3- ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޖެޓް އެންޑް ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1، އޮފީހަށް ބޭނުންވާ މުދާ ހޯދަން އެދުމުން، އެތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. 2. ކޮންޓްރެކްޓްތައް ހަވާލުކޮށްފައިވާ ފަރާތްތަކާ ކޮންޓެކްޓްކޮށް، މަސައްކަތް ކުރިއަށްދާގޮތް ބެލުމާއި، އެ މަސައްކަތްތައް ކުރިއަށްގެންދަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، މަސައްކަތް ނިމުމުން، ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުން. 3. މުދާ ގަންނައިރު، މުހިންމު އެއްޗިއްސަށް ސަމާލުކަންދީ، ފައިނޭންސް ސެކްޝަނާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މުދާ ލިބެމުންދާވަރަކަށް ޕީ.އޯ ރަޖިސްޓްރީއަށް އަޅައި އަޕްޑޭޓްކުރުމާއި، އިންވޮއިސް ލިބުމުން، އެ އިންވޮއިސްތައް ލަސްނުކޮށް ފައިނޭންސް ސެކްޝަނާ ހަވާލުކުރުން. |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް) 1-ތަޢްލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ %38) 2- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާން) (ކަނޑައަޅާފައިވާ އިންސައްތަ %5) 3- މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ ) 4-ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) (ކަނޑައަޅާފައިވާ އިންސައްތަ %43) - މީގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.defence.gov.mvވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 މެއި 2017 ވާ ބުރާސްފަތި ދުވަހު 12.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 9 މެއި އިން 18 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މި މަގާމުތަކަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 3313724، 3342967 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |