މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓާއި ބެހޭ

     

 

 

                                         `                 

 

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ                                            Maldives Transport Authority

މާލެ، ދިވެހިރާއްޖެ                                                    Male’, Republic of Maldives

           

                                                   ނަންބަރު: 36(IUL)202-L/1/2017/ 

                                   އިޢުލާން

                       މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން މަޖީދީމަގުގެ 6 ވަނަ ސެގްމެންޓްގެ މަސައްކަތް ކުރިއަށްދާތީ ތިރީގައި ބަޔަންކޮށްފައިވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަން ހަމަޖެހިފައިވާގޮތް ބަޔާންކޮށްފައި އެވަނީއެވެ.

 

1-     6 ވަނަ ސެގްމެންޓްގެ މަސައްކަތް ކުރިއަށް ދާއިރު ތިރީގައި ބަޔާންކޮށްފައިވާ މަގުތަކުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި 4 ފުރޮޅުލީ އުޅަނދު ދުއްވުމަކީ މަނާކަމެއް

 

-          ހުސްނުހީނާމަގު ކަޅުހުރާ މަގުން ފެށިގެން މަޖީދީ މަގާ ހަމައަށް.

-          ހަނދުވަރު ގޯޅި ހަދީބީ މަގުން ފެށިގެން ހުސްނުހީނާ މަގާ ހަމައަށް.

-          ހަނދުވަރުދޭ ހިނގުން ހަނދުވަރުދޭ ގޯޅިން ފެށިގެން މަޖީދީމަގާ ހަމައަށް.

-          އަލިކިލެގެފާނު މަގު ނީލޯފަރުމަގުން ފެށިގެން ސެންޓްރަލް ޕާކް ގޯޅިއާއި ހަމައަށް.

-          ބަނަފްސާމަގު މަޖީދީމަގުން ފެށިގެން ބޮޑުރަސްގެފާނު މަގާހަމައަށް.

 

2-     6 ވަނަ ސެގްމަންޓްގެ މަސައްކަތް ކުރިއަށްދާއިރު ތިރީގައި ބަޔާންކޮށްފައިވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ ކޮޅު ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

-          ކަޅުހުރާމަގު ކަރަންކާ މަގުންފެށިގެން އަބަދަށް ފެހިމަގާ ހަމައަށް ހުޅަނގުން އިރަށް ދުއްވާ ގޮތަށް.

-          ބޮޑުކުރުމާ ގޯޅި ހުސްނުހީނާ މަގުން ފެށިގެން ލިލީމަގާ ހަމައަށް އުތުރުން ދެކުނަށް ދުއްވާގޮތަށް

-          އަލިކިލެގެފާނު ލިލީމަގުން ފެށިގެން ނީލޯފަރުމަގާ ހަމައަށް އުތުރުން ދެކުނަށް ދުއްވާގޮތަށް

-          ފާށަނާކިލެގެފާނު މަގު މަޖީދީމަގުން ފެށިގެން ސިޓީޕާރކް ގޯޅިއާއި ހަމައަށް ދެކޮޅަށް ދުއްވާގޮތަށް.

 

3-      ކަޅުހުރާމަގުގެ އަލިކިލެގެފާނު މަގުން ފެށިގެން ކަޅުހުރާ މަގުގެ ކަރަންކާމަގާ ހަމައަށް، ވެހިކަލް ޕާކްކުރުމަކީ މަނާކަމެކެވެ.

 

                     ވީމާ، މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

              20  ރަޖަބު         1438

              17 އޭޕްރީލް        2017

                                 

17 އެޕްރީލް 2017
ހޯދާ