ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށުގެ 2 ކުނިކޮށްޓަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުން

މި ރަށުގެ 2 ސަރަހައްދުގައި ހެދިފައިވާ 2 ކުނިކޮށްޓަށް މިހާރު އަޅާފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: (IUL)253/253/2017/47 (21 މާރިޗު 2017) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ އެމަސައްކަތް ކޮށްދެވޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށާއި އިޖުތިމާއީގޮތުން މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަދި ކޮމެޓީތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން 2017 އެޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 އެޕްރީލް 30 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 ރަޖަބު 1438

17 އެޕްރީލް 2017

17 އޭޕްރިލް 2017
ހޯދާ