ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީ.އެމް.ޑީ.އޭ ކުރެހުމުގެ މުބާރާތް 2013 ގެ ނަތީޖާ

ކެޕިޓަލް މާރކެޓްގެ ދާއިރާއަށް ސްކޫލްތަކުގެ ދަރިވަރުން ޝައުޤުވެރިކުރުމުގެ ގޮތުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ސޭވިންގ ފޯރ ޔުއަރ ޑްރީމްސްް"  މި ތީމަށް ސީ.އެމް.ޑީ.އޭ ކުރެހުމުގެ މުބާރާތް 2013 ވަނީ ބާއްވާފައެވެ. ގްރޭޑް 5،6، އަދި 7 ގެ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ކުރެހުމުގެ މުބާރާތުގައި 15 ސުކޫލަކުން ޖުމުލަ 73 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ސީ.އެމް.ޑީ.އޭ ކުރެހުމުގެ މުބާރާތް 2013 ގެ ވަނަވަނަ ހާސިލުކުރި ފަރާތްތައް ތިރީިގައި މިވަނީއެވެ:

  • ގްރޭޑް 5 ން 1 ވަނަ ހާސިލުކުރީ ކަލާފާނު ސްކޫލުގެ ޢާއިޝަތު ޔުމްނު ނިޔާޒް އާއި ޢާއިޝަތު ދާނިޔާ މުޙައްމަދު ޝިފާޙްއެވެ. 2 ވަނަ ހާޞިލުކުރީ އިސްކަންދަރު ސްކޫލުގެ އާމިނަތު ހިބާ ފައިޞަލް އެވެ. އަދި 3 ވަނަ ހާސިލުކުރީ ހދ. ނާވައިދޫ ސްކޫލުގެ މުޙައްމަދު ލަޔާން ޢަލީ އެވެ.
  •  ގްރޭޑް 6 ންް 1 ވަނަ ހާސިލުކުރީ ކަލާފާނު ސްކޫލުގެ ޢާއިޝަތު ނަޝާ ބިންތް އިބްރާހީމް އެވެ. 2 ވަނަ ހާސިލުކުރީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަރިޔަމް މަނާލް އައްޔޫބް އެވެ. އަދި 3 ވަނަ ވަނަ ހާސިލުކުރީ ކަލާފާނު ސްކޫލުގެ މިންހަތު މުޙަންމަދު އެވެ.
  • ގްރޭޑް 7 ންް 1 ވަނަ ހާސިލުކުރީ ކަލާފާނު ސްކޫލުގެ މަރިޔަމް އަޒްކާ ޙަސަން އެވެ. 2 ވަނަ ހާސިލުކުރީ ޖަމާލުއްދީން ސްކޫލުގެ ޢާއިޝަތު ސަމާޙަތު ޢަބްދުލްޙަމީދު އެވެ. އަދި 3 ވަނަ ހާސިލުކުރީ  ޖަމާލުއްދީން ސްކޫލުގެ މަރިޔަމް ޔުމްނު ޔޫޝަޢު އެވެ.

މި ފުރުޞަތުގައި ވަނަވަނަ ހާސިލުކުރި ދަރިވަރުންނަށާއި، އެދަރިވަރުންގެ ސްކޫލްތަކަށް ތަހްނިޔާ އާއި މުބާރިކްބާދީ ފޮނުވަމެވެ. އަދި މިއަހަރު ސްކޫލްތަކަށް މިހިންގުނު ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެހުރިހާ ފަރާތްތަކަށް މި އޮތޯރިޓީން ފަށްފަށުން ޝުކުރުދަންނަވަމެވެ.

ސީ.އެމް.ޑީ.އޭއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ބެހޭ އިތުރު މަޢުލޫމާތު، އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv  އިން ލިބެން ހުންނާނެއެވެ.

24 ޛުލްޤަޢިދާ 1434 

30 ސެޕްޓެންބަރު 2013
ހޯދާ