ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނަންބަރު: MNU-CA/FS/2017/25
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު ބޭއްވުމާ ބެހޭ
ޢިއުލާން
- އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން 13 މެއި 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިއިމްތިޙާނު ބާއްވާނެތަން، ބައިވެރިންނަށް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.
އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:
- އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2017 މެއި 09 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) ދައްކައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
- އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ލިބެން ހުންނާނީ އެމް.އެން.ޔޫގެ A ބްލޮކްގެ 4 ވަނަ ފަންގިފިލާގައި ހުންނަ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް: www.mnu.edu.mv އިން ވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- އިމްތިޙާނުގެ ނަތީޖާ 2017 މެއި 21 ވާ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ލިބެން ހުންނާނެއެވެ.
16 މެއި 2017
16 އެޕްރީލް 2017
ހޯދާ