ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ކަރަންޓް އަމިއްލަ ތަކެތީގައި ތްރީފޭސް ކަރަންޓަށް ބަދަލުކުރުން

އިއުލާން

މިސްކޫލުގެ ކަރަންޓް އަމިއްލަ ތަކެތީގައި ތްރީފޭސް ކަރަންޓަށް ބަދަލުކުރުން

މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ސިންގަލްފޭސް ކަރަންޓް ތްރީފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

ވީމާ، މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ކުންފުނި/ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

                                    19 ރަޖަބު 1438

                                   16 އޭޕްރީލް 2017

16 އޭޕްރިލް 2017
ހޯދާ