ދިވެހިރާއްޖެ
މި ކުންފުނީގެ އޮފީސްތަކުގައި ބޭނުން ކުރާ އެއަރ ކޮންޑިޝަން ތަކުގެ ސަރވިސް އަދި މެއިންޓެނަންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IAS/MIS/2017/602 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 23 އޭޕްރިލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 27 އޭޕްރިލް 2017ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިއޮފީހުގައި އޮންނާނެއެވެ.
އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ
16 އޭޕްރިލް 2017