ދިވެހިރާއްޖެ
ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިސުކޫލުގެ ނަމްބަރު GS55/IU/2016/15 (09 ނޮވެމްބަރ 2016) އިޢުލާނާ ގުޅިގެން ޝަރުތުހަމަވާ 3 ފަރާތް ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް، 31 ޑިސެމްބަރ 2017 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 12:15 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 12:30 އަށް މިސްކޫލަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 12:35 ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780095 އާއި ގުޅުއްވުން އެދެމެވެ.
16 ރަޖަބު 1438
13 އޭޕްރީލް 2017