މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J288813
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 3
|
ސެކްޝަން / ޔުނިޓް:
|
ކޯޕަރޭޓް އެފެއަރޒް
|
މަޤާމު އޮތް އޮފީސް:
|
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ، އއ. ތޮއްޑޫ
|
މުސާރަ:
|
-/4465ރ (ހަތަރުސާ ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1500ރ (ފަނަރަ ސަތޭކަ) ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކައުންސިލް ބިއުރޯގެ އެންމެހައި މަސައްކަތްތަށް ރައީސްގެ ލަފާމަތީން ލާމަރުކަޒީ ގާނޫނުގައިވާގޮތަށް ކުރުން.
- ކައުންސިލްގެ ރައީސް އަންގަވާ ގޮތެއްގެ މަތީ ޖަލްސާތައް ބާއްވާނެތައް ތައްޔާރު ކުރުން،
- ކައުންސިލްގެ ބައްދަލުވުންތަކަށް ޤަވާޢިދުން ކައުންސިލަރުންނަށް ދެންނެވުން.
- ކައުންސިލުން ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާޢިދުން ލިޔެ ބެލެއްޓުމާ، ނިންމާ ނިންމުނަތައް ދުވަހުން ދުވަހަށް ޢާއްމު ކުރުމުކޮށް، އެ ލިއުން މި އިދާރާގެ ޔުނިޓްތަކުގެ ހެޑުންނަށް ކޮޕީ ރައްދު ކުރުން.
- ކައުންސިލަރުންގެ އެޕޮއިންޓްމަންޓްތައްކާއި ބެހޭ އެންމެހައި ކަންކަން އިންތިޒާކޮށް ބެލެހެއްޓުން؛
- ކައުންސިލަރުން ލިއެކިމަށް ބޭނުންވާތަކެތި ސްޓޮކުން ނަގައި ޙަވާލު ކުރުން؛
- ކައުންސިލާ، ކައުންސިލުން ސިލްގެ ބެލުމުގެ ދަށުގައިވާ ތަންތާގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެކލެހެއްޓުން.
- ކައުންސިލުން ނީލަން ކިއުމަށް ނިންމާ ތަކެތި، ނީލަން ކިއުން.
- ލޯކަލްނެޓްވާރކާ، ކޮމްޕިއުޓަރ ސިސްޓަމްތަކާއި، މެޝިނަރީތަކަށް ދިމާވާމައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- އިދާރާއިންކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެނންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން ސީ ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
- ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.
- ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
- މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެގުން
- ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 26 އެޕްރީލް 2017 އާ 04 މެއި 2017 އާއި ދެމެދު އއ.ތޮއްޑޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ އިންސައްތަ
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %40 (ސާޅިސް އިންސައްތަ) އަށްވުރެމަތިވާންޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660537 ނަންބަރު ފޯނާއިއެވެ.
|