ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓިންގ ފާރމްއެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2017/39

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-08-17) PSM-ENG /2017

 

 

 

އިޢުލާން

 

ބިޑް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

    މީޑިއަމް ވޭވް ޓްރާންސްމިޝަން ސިސްޓަމެއް ޤާއިމްކުރުމުގެ މަޝްރޫޢު

                          ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓިންގ ފާރމްއެއް ހޯދުން    

           ޕަބްލިކް ސާރވިސް މީޑިއަރގެ ފަރާތުން މީޑިއަމް ވޭވް ޓްރާންސްމިޝަން ސިސްޓަމެއް ތިލަފުށީގައި ޤާއިމްކުރުމަށް ބޭނުންވެއެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަށް ތައްޔާރުކުރެވޭ ޓެކްނިކަލް ޑޮކިއުމަންޓްތައް ރިވިއުކޮށް އަދި އަމަލީ މަސައްކަތްފެށިގެން ކުރިޔަށްދާއިރު  ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ދިނުމަށްޓަކައި މި މަސައްކަތްތައް ކުރުމަށް މިކުންފުނިންދޭ "ޓަރމްސް އޮފް ރިފަރެންސް" އަކާއިއެއްގޮތްވާ ގޮތުގެމަތިން ބޭނުންވާ ޓެކްނިކަލް އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓެންސީ ފާރމެއް ހޯދުމަށްޓަކައި، ޝަޢުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 25 އެޕްރިލް 2017ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ޕްރޮޕޯސަލްތައް ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް އާއި އެކު ތަޖްރިބާ އާއި ޤާބިލުކަން އެނގޭނެ އެންމެހާ ލިޔުންތައް (ކުންފުނީގެ ޕްރޮފައިލް، މަސައްކަތާއި ގުޅޭގޮތުން ކުރިން ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލް، އަދި ކުރިން ކޮށްފައިވާ ޕްރޮޖެކްޓްތައް) ހުށަހަޅަންވާނެވެ.

ޕްރޮޖެކްޓާއި ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ޕްރޮޕޯސަލް ހުށަހެޅުމުގެ 5 ދުވަސް ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވާ މަޢުލޫމާތު ސާފުކުރަން ވާނެއެވެ. މި ޕްރޮޖެކްޓްއާއި ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރް) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އީމެއިލް ނުވަތަ ނަންބަރުތަކާއި ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކުންފުނީގެ ވެބްސައިޓް އިންވެސް (ޓީ.އޯ.އާރް) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕަބްލިކް ސާވީސް މީޑިއާ

މާލެ / ދިވެހިރާއްޖެ

  • ފޯން: +960 3000433
  • ފެކްސް: +960 3317273
  • އީމެއިލް: [email protected]
  • ވެބްސައިޓް: www.psm.mv

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

އެޑްރެސް ކުރަންވާނީ ،ތިރީގައިވާ ގޮތަށް ޕްރޮކިއުމެންޓަށް އެޑްރެސްކޮށް،ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) ކައުންޓަރަށެވެ.

  • މީޑިއަމް ވޭވް ޓްރާންސްމިޝަން މަޝްރޫޢު އަށް ކޮންސަލްޓަންސީ ދިނުމަށްއެދި
  • ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
  • ޕަބްލިކް ސާރވިސް މީޑިއާ
  • މާފަންނު ރޭޑިއޯ ބިލްޑިންގ، އަމީނީ މަގު، މާލެ' 20331،
  • މާލެ / ދިވެހިރާއްޖެ

            16  ރަޖަބު   1438       

           13  އެޕްރީލް 2017  

13 އެޕްރީލް 2017
ހޯދާ