ދިވެހިރާއްޖެ
3 އަހަރު |
ކޯހުގެ މުއްދަތު: |
އެގްރިކަލްޗަރ |
ކޯހުގެ ދާއިރާ: |
ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް: |
ބަންގްލަދޭޝް |
ޤައުމު: |
||||
ބަންގްލަދޭޝް އެގްރިކަލްޗަރަލް ޔުނިވަރސިޓީ |
ޔުނިވަރސިޓީ: |
||||
ޕީ.އެޗް.ޑީގެ ޝަރުތު: - އެގްރިކަލްޗަރ ނުވަތަ އެލައިޑް ސައިންސް އިން މާސްޓަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން. - 2017 އެޕްރީލް 30 ގެ ނިޔަލަށް އުމުރުން 41 އަހަރު ފުރިފައިނުވުން. - ކޯހާއި ގުޅޭ ދާއިރާއެއްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުގައިވުން.
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. 4. އިޢުލާނާއިއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުން.
|
ކޯހުގެ ޝަރުތު: |
||||
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. - ޕީ.އެޗް.ޑީ ސިނޮޕްސިސް އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް - ސީވީ - ކޯހާއި ގުޅުންހުރި ދާއިރާއެއްގައި ޚިދުމަތްކުރައްވާފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން (އިނގެރޭސި ބަހުން) - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. - އިޢުލާނާއިއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
||||
- ކޯސް ފީގެ ދެބައިކުޅަ އެއްބައި - ދެކޮޅު އެއަރ ޓިކެޓު (އިކޮނޮމީ ކުލާހުން) - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު USD600 (ހަސަތޭކަ ޔޫއެސް ޑޮލަރު) - ވަންޓައިމް ގްރާންޓްގެގޮތުގައި USD1000 (އެއްހާސް ޔޫއެސް ޑޮލަރު) - ރިސަރޗް ކޮސްޓްގެ ގޮތުގައި އަހަރަކު USD1000 (އެއްހާސް ޔޫއެސް ޑޮލަރު)
- އެޓެސްޓްކުރި ތަނުގެ ނަން. - އެޓެސްޓްކުރި މީހާގެ ނަން. - އެޓެސްޓްކުރި މީހާގެ މަގާމް. - އެޓެސްޓްކުރި މީހާގެ ސޮއި. - އެޓެސްޓްކުރި ތާރީޚް.
|
އިތުރު މަޢުލޫމާތު |
||||
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2017 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307 އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ. |
|||||
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3341380 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |