Maldives Girl Guides Association
Maldives
އެޑްމިން އޮފިސާރ ގްރޭޑް-1

Ref No: MGGA/MIS/2017/164

ތާރީޙް: 13 އެޕްރިލް 2017                                 ނަންބަރު:

މުވައްޒަފުން ބޭނުންވާ މަޤާމްތައް

 

މަޤާމުގެ ނަން:  އެޑްމިނިސްޓްރޭޓިވް އޮފިސަރ     މަޤާމް އޮތް އޮފީސް: މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން

މުސާރަ:      -/4465       ސަރވިސް އެލަވަންސް: -/1500  

އަދަދު:                  01 (އެކެއް)          ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: އެޑްމިން

ވަޒީފާއަދާކުރަންޖެހޭ ތަން: މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން/ ކ. މާލެ

ރޭންކް: ޖީ. އެސް 3            ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1                       

މަޤާމުގެ ޝަރުތު: 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީސް ހުޅުވުން
  2. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
  3. އޮފީހަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް ފަދަތަކެތި ދުވަހުން ދުވަހަށް އެންޓަރކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  4. އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  5. އެކި އެކި ބޭނުންތަކަށް އޮފީހަށް އަންނަ ފަރާތްތައް އިސްތިޤުބާލުކުރުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުމާއި، އެފަރާތްތަކަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީ އެހީތެރިވުން.
  6. ޔައުމިއްޔާ ލިޔަންބޭނުންވާ މަޢުލޫމާތު ހޯދައި ދުވަހުން ދުވަހަށް ޔައުމިއްޔާ ލިއުން
  7. މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަންއަންނަ ބިލްތައް އެންޓްރީކޮށް ފައިނާންސް މަސައްކަތް ކުރައްވާ ކަމާބެހޭ ކޮމިޝަނާޒް އިންނާ ދުވަހުން ދުވަހަށް ހަވާލުކުރުން.
  8. ސްކޫލްތަކާއި އެހެނިހެން ތަންތަނަށް ފޮނުވަންޖެހޭ ސިޓީތައް ޗީފްކޮމިޝަނަރގެ ބެލުމުގެ ދަށުންލިޔެ ފޮނުވުން
  9. އަލަށް އުފައްދާ ކޮންޕެނީ އަދި ޕެކް ތަކުގެ ރެޖިސްޓްރޭޝަން އާއި އުފެދިފައިވާ ކޮންޕެނީ ތަކުގެ ރީ ރެޖިސްޓްރޭޝަން ބެލެހެއްޓުން
  10. ގައިޑާޒް އަދި ގައިޑް ކުދިން ހިންގޭ އިވެންޓްތަކުގައި ކުރަންޖެހޭ އެޑްމިން މަސައްކަތްކުރުން 
  11. މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަންއަށް އަންނަ (އެންޓްރީ ) އަދި ފޮނުވާ ސިޓީތައް ފައިލްކޮށް ބެލެހެއްޓުން
  12. ވެރިން ހަވާލުކުރާ އެހެނިހެން މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 19 އެޕްރިލް 2017 ވާ ބުދަދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މިއެސޯސިއޭޝަން އަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

-        މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން ގައެވެ.

-        އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.

-        އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3317932 ނަމްބަރާ ގުޅުއްވުން އެދެމެވެ.

 

 

 

MALDIVES GIRL GUIDES ASSOCIATION

މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން

H. Crescent Moon, VaijeheyMagu

Male’

Republic of Maldives

Tel: + 960 331 7932

Fax: + 960 331 2701

Email: [email protected]

 

ހ. ކްރެސެންޓް މޫން، ވައިޖެހޭ މަގު

މާލެ،ދިވެހިރާއްޖެ

ޓެލެފޯން: 3317932 960 +

ފެކްސް:3312701 960 +

އީމެއިލް:[email protected]

 

 

 

 


 

13 April 2017
ހޯދާ