މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

     ނަންބަރު: (IUL)297-AD/297/2017/6   

އިޢުލާން

 

މަޤާމް:  ޕްރޮޖެކްޓް އޮފިސަރ

މަޤާމްގެ ނަންބަރު:  J-288358

ބޭނުންވާ ޢަދަދު: 1

މަޤާމުގެގިންތި: ދާއިމީ

މަޤާމްގެރޭންކް: އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

މަޤާމްއޮތް އޮފީސް / އިދާރާ: ނ.ވެލިދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަދާ ކުރަންޖެހޭތަން: ނ.ވެލިދޫ ކައުންސިލްގެ އިދާރާ                

މަޤާމުގެ މުސާރަ:    -/5610 ރުފިޔާ

ސަރވިސްއެލަވަންސް: -/2000 ރުފިޔާ

      އޯވަޓައިމް އެލަވަންސް: މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގާ އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްތައް މޮނިޓަރ ކުރުމާއި، އެކަންކަމާބެހޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  2. ބީލަމް އުޞޫލުން ކުރަންޖެހޭ އެންމެހާ ކަންކަން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިންކުރުން.
  3. ރަށުތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކަށް ފަންޑްހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  4. ކައުންސިލްގެ އިދާރާއާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.
  5. ރަށުތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައް ހެދުން.
  6. ރަށުކައުންސިލްގެ އިދާރާއިން ހިންގާ މަސައްކަތްތަކަށް ހޯދަންޖެހޭ މުދަލާ ތަކެތި ހޯދުމަށް މާލިއްޔަތު ޤަވާއިދާއެއްގޮތްވާ ގޮތުގެ މަތިން އެތަކެތި ހޯދާ ހޯދޭތަކެތި ސްޓޮކް ބަލަހައްޓާ މުވައްޒަފާ ޤަވާޢިދުން ހަވާލުކުރުން.
  7. ކައުންސިލްއިދާރާއިން އަލަށްކުރާ ޢިމާރާތްތައް ކުރުމާއި ބީއޯކިއު ހަދާ ކަމާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން
  8. ރަށުގެތަރައްޤީގެ ޕްލޭނުގައި ހިމެނޭ މަޝްރޫޢުތަށް ހިންގުން.
  9. ކައުންސިލްއިދާރާއިން ކުރާ ދަތުރުފަތުރުގެ ކަންކަން އިންތިޒާމްކުރުން.
  10. ކައުންސިލްގެ އިދާރާއިން ހިންގާ ވޯކްޝޮޕްތަކާއި، ފާހަގަކުރެވޭ މުނާސަބާތަކާއި ހިންގާ އިޖުތިމާޢީ ހަރަކާތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދާ ތައްޔާރުކުރުން.

 

 

  1. ކައުންސިލްއިދާރާގެ ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވާ މައްސަލަތަކާ، އީ.މެއިލްއާ ޖެމްސްގެ އެންމެހާ ކަންތައް ހައްލުކުރުމާއި ވެބްސައިޓް އަފްޑޭޓްކޮށް ބެލެހެއްޓުމާއި އެންސީ.އައި.ޓީއާ ކައުންސިލްގެ އިދާރާއާ ދެމެދުކުރެވޭ ޓެކްނިކަލް މުއާމަލާތްތައްކުރުމާއި، މިއެންމެހާ މަސައްކަތްތައް ޤަވާޢިދުން ބަލަހައްޓަމުން ގެންދިއުން. (ކުރަންޖެހިއްޖެ ހާލަތެއްގައި)
  2. ޔުނިޓުން ނިމޭ މައްސަލަތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ފައިލްކުރުން
  3. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  4. މައްސަލަ ރަޖިސްޓްރީއާއި ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން
  5. ޔުނިޓުން ހިންގާ މުހިއްމު ހަރަކާތްތަކުގެ ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް (ސީ.އޭ) (އޭ) ޔުނިޓާ ހަވާލުކުރުން.
  6. ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
  7. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ތާރީޚްއަށް (މެއިލްކުރަންޖެހޭ ތަކެތި މެއިލްކޮށް ނުވަތަ ފެކްސްކޮށް) ފޮނުވުމާއި ހަވާލުކުރުން.
  8. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީކަންކަމާއި އިންތިޒާމްތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  9. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީމަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

މަޤާމުގެ ޝަރުތުތައް: 

  1. 1.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށް ފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. 2.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށް ފައިވުން

ނުވަތަ

  1. 3.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށް ފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެންހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުންހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު ނ.ވެލިދޫކައުންސިލްއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ނ.ވެލިދޫކައުންސިލްއިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]އެވެ. ފެކްސް ނަންބަރަކީ، 6560094 ނަންބަރު އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

 

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017  މެއި 20 އާއި 03 އާއި ދެމެދު، ނ.ވެލިދޫކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

  ޝޯޓްލިސްޓް ކުރުން:މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

 

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • · ތަޢުލީމާއި ތަމްރީނު (ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ%: 38
  • އިމްތިހާން (ސިވިލްސަރވިސް ވަޒީފާއަށްވަނުމަށްދެވޭ) ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ%: 5
  • · މަސައްކަތުގެ ތަޖުރިބާ (ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ  14%:
  • · އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ43% :

 

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އިތުރު މަޢުލޫމާތު:

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ  [email protected] އަށެވެ.

 

                   

15 ރަޖަބް 1438  

12 އޭޕްރީލް 2017

12 އޭޕްރިލް 2017
ހޯދާ