މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީ ގެ ބެލުމުގެ ދަށުގައިވާ މ. ފީރޯޒް ލޮޖް ގައި ހަދާފައިވާ އިމާރާތް ކުއްޔައްދިނުމަށް

އިޢުލާން

 

މި މިނިސްޓްރީ ގެ ބެލުމުގެ ދަށުގައިވާ މ. ފީރޯޒް ލޮޖް ގައި ހަދާފައިވާ އިމާރާތް ކުއްޔައްދިނުމަށް ބޭނުން ވެއެވެ.

             މި އިމާރާތް ކުއްޔައްހިފުމަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުން 19 އޭޕްރިލު 2017 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތައް ހާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 25 އެޕްރީލު 2017 ވާ އަންގާރަ ދުވަހުގެ 13:00ގައި އަންދާސީ ހިސާބު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، (ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތައް) ހުށައެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ބަލައިގަނެވޭނީ ހަމައެކަނި މައުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް އެކަންޏެވެ.

            މިއިމާރާތް ބެއްލެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެއިންތިޒާމް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ. އެގޮތުން މިމިނިސްޓްރީގެ ނަންބަރު 3333117 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުމުން އެކަންކަން އިންތިޒާމް ކޮއްދެވޭނެ ވާހަކަ ދެންނެވީމެވެ.

12 އޭޕްރިލް 2017
ހޯދާ