ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
މިމަރުކަޒުން ދޭ ނަމޫނާއަކާއި އެއްގޮތަށް 1 ފާޚާނާ ހަދަން ބޭނުންވެއްޖެ

މިމަރުކަޒުގެ ދަރިވަރުންގެ ފާޚާނާބަރި އާއި ޖެހިގެން ޕްރީ ސްކޫލް ދަރިވަރުންނަށް އަމިއްލަ ތަކެތީގައި 1 ފާޚާނާ އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އެޕްރީލް 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އެޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ 10:00ށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކުފޮނުވާނަމަ އެކަންބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީ ހިސާބު ހުށަނާޅުއްވައިފިނަމަ ޤަވައިދުން އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަމްބަރ 6700026 ފޯނާއި ގުޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވަން ޖެހޭ ތަކެތި :

    1  އަންދާސީ ހިސާބު (ޕްރޮޕޯޒަލް)

    2  އައިޑީ ކާޑް ކޮޕީ

    3  މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ

12 އޭޕްރިލް 2017
ހޯދާ