ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަލު ހިޔާގެ 40 ރޯހައުސް ގުރުއަތުލުމާބެހޭ

މާފަލު ހިޔާގެ 40 ރޯހައުސް ގުރުއަތުލުމާބެހޭ

     ގެދޮރުވެރި ކުރުވުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުޅުދުއްފުށީގައި އިމާރާތްކުރެވެމުންދާ 160 ރޯހައުސްގެ ތެރެއިން މާފަލު ހިޔާގެ (ހަސަނާތު މިސްކިތުގެ އިރުމަތި)  40 ރޯހައުސް ގުރުއަތު ލުމަށްފަހު ލިބޭ ފަރާތްތަކާއި ޙަވާލުކުރާ ގޮތަށް ވަނީ ސަރުކާރުން ނިންމަވާފައެވެ.

ގުރުއަތުނެގުން ހަމަޖެހިފައިވާ ގޮތް

     މާފަލު ހިޔާގެ 40 ރޯހައުސްގެ ތެރެއިން 25 ރޯހައުސް ޚާއްޞަ ކުރެވިފައި ވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށެވެ. އަދި މި ރޯހައުސް ތަކުގެ ތެރެއިން 15 ރޯހައުސް ޚާއްޞަކުރެވިފައި ވަނީ އެހެންރަށްރަށުގެ ރައްޔިތުންނަށެވެ. މީގެއިތުރުން ކަނބޯރަނި ހިޔާގެ 1 ރޯހައުސް މިޤްރުއަތު ނެގުމުގައި ހިމެނޭނެއެވެ. އެއީ ކުރިން ކަނބޯރަނި ހިޔާގެ ސަރަހައްދުން ރޯހައުސް ލިބުނު ފަރާތަކުން ދޫކޮށްލައިފައިވާ 1 ރޯހައުސް އެވެ. މިރޯހައުސް ހިމެނެނީ އެހެން ރައްރަށުގެ ރައްޔިތުންގެ ޤުރުއަތުގައެވެ.

 

ޤުރުއަތުނެގުން ހަމަޖެހިފައިވާ ގޮތަކީ:

ތާރީޚް

ދުވަސް

ޤްރުއަތު ނަންގަވާ ފަރާތް

ގަޑި

28 އެޕްރީލް 2017

ހުކުރު

ކުޅުދުއްފުށީ ރައްޔިތުން

14:00 މެންދުރުފަހު

29 އޭޕްރީލް  2017

ހޮނިހިރު

އެހެން ރައްރަށުގެ ރައްޔިތުން

10:00 ހެނދުނު

 

ވީމާ ކައުންސިލް އިދާރާގައި ބެހެއްޓިފައިވާ ލިސްޓްގައިވާ ފަރާތުން އެފަރާތަކުން ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނިޓުކުރިން ތިލަދެކުނު ސިނަމާ  އަށް ވަޑައިގަތުމަށް ދަންނަވަމެވެ.

 ގުރުއަތު ނެންގެވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތަކީ ކޮންފަރާތެއްގެ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެންގޭނެފަދަ ސިޓިއަކާއެކު ފޮނުއްވުމުން އެފަރާތެއްގެ ގުރުއަތު ނެގުމުގެ ފުރުޞަތު ބަދަލުގައި ޙާޟިރުވާ ފަރާތަކަށް އެރުވޭނެއެވެ. ލިސްޓްގައިވާ ފަރާތާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑިކާޑުގެ ކޮޕީ ސިޓިއާއެކު ހުށަހަޅުއްވަންވާނެއެވެ. އެއްވެސް ފަރާތެއް ޙާޟިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ މިއިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ. އެއްވެސް ފަރާތެއް ހާޟިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ ޙާޟިރުވި ފަރާތްތަކުގެ ގުރުއަތު ނަގާނިމުމަށް ފަހު ލިސްޓްގެ ތަރުތީބުންނެވެ.

 ގުރުއަތުން ރޯހައުސް ލިބޭފަހުންވެސް އެފަރާތަކުން ދެއްވާފައިވާ މަޢުލޫމާތަކީ ޞައްހަނޫން މަޢުލޫމާތެއްކަން ނުވަތަ (އެފަރާތަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށް) ގޯތިގެދޮރު އޮތްފަރާތެއްކަން ސާބިތުވެއްޖެނަމަ އެފަރާތަކަށް ލިބިފައިވާ ރޯހައުސް އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.

މާފަލު ހިޔާ'' ގެ 40 ރޯހައުސް އެނގޭނެ ޗާޓާއި ޤުރުއަތަށް ގޮސްފައިވާ ފަރާތްތަކުގެ ލިސްޓް ކައުންސިލް އިދާރާގައި ބެހެއްޓިފައި ވާނެއެވެ.

11 އޭޕްރިލް 2017
ހޯދާ