ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫގައި 2 ވޮލީކޯޓް އެޅުމާއިބެހޭ

ނަންބަރު: 26/2017

އިޢުލާން

ގދ.ގައްދޫގައި 2 ވޮލީކޯޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

          ގައްދޫ ކައުންސިލްގެ އިދާރާއާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ގުޅިގެން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި

ގައްދޫގައި 2 ވޮލީކޯޓް އެޅުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މިވޮލީކޯޓް އެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް ގައްދޫ

ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 25 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް ގައްދޫ

ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ބީލަން ހުށަހަޅާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއާއި އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް އަދި ދެންނެވުނު

ޝަޚްޞެއްގެ ބަދަލުގައި އަންނަފަރާތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ

ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.ބީލަމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި

ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ

ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

11 އެޕްރީލް 2017

11 އޭޕްރިލް 2017
ހޯދާ