ދިވެހިރާއްޖެ
ނަންބަރ:FNK-K(T)/FNK/IUL/2017/054
އިޢުލާން
އައްޑޫ ސިޓީ ހިތަދޫ މެދު ސަރަޙައްދުގެ ވެކިއުމް ސްޓޭޝަންގެ ނުނިމި ހުރި މަސައްކަތާއި ގުޅޭ:
އައްޑޫސިޓީގެ ހިތަދޫ މެދު ސަރަޙައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ވެކިޔުމް ސްޓޭޝަންގެ ނުނިމި ހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-K(T)/FNK/IUL/2017/036 އިޢުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު، އެ ފުރުސަތު އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އެޕްރީލް 18 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށައަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.ހިތަދޫ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލާމަތަށްޓަކައި ދެންނެވީމެވެ.
14 ރަޖަބް 1438
11 އެޕްރީލް 2017
