ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2017/157
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ
މެނޭޖަރ |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ވޯޓަރ އެންޑް ސްވަރޭޖް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް |
ޑިޕާރޓްމަންޓް: |
8000ރ، ( އަށްހާސް ރުފިޔާ ) |
މުސާރަ: |
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) ފެނާއި ނަރުދަމާގެ ދާއިރާއިން މަދުވެގެން 3 އަހަރުގެ ފަންނީ/އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ (ށ) އެންވަޔަރަމެންޓް މެނޭޖްމެންޓް/ ރިސޯސް މެނޭޖްމެންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން މެނޭޖްމެންޓް ޑިގްރީއެއް ޙާސިލު ކޮށްފައިވުން (ނ) ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު ލިޔުންތެރިކަމާއި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން (ރ) މަސައްކަތު މާހައުލުގައި ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ ގާބިލުކަން ހުރުން (ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން..
|
މަޤާމުގެ ޝަރުތުރައް: |
(ހ) ޑިރެކްޓަރ/ޑެޕިއުޓީ ޑިރެކްޓަރގެ އިރުޝާދުގެ ދަށުން އޮޕަރޭޝަން އެންޑް މެއިންޓެނެންސް ސެކްޝަންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ސެކްޝަނާއި ހަވާލުކުރެވިފާއިވާ މައްސޫލިއްޔަތުތަކާއި ޒިންމާ ބަރާބަރަށް އަދާކުރުން. (ށ) ޑިޕާޓްމަންޓުން ހިންގާ ބަލަހައްޓާ ފެނުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްކުރާ ކޮންޓްރެކްޓަރުންގެ މަސައްކަތް މޮނިޓަރކޮށް، ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. (ނ) ފެނުގެ މަސައްކަތްތަކާ ގުޅޭގޮތުން ރަށްރަށަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. (ރ) ފެނުގެ މަސައްކަތްތަކާ ގުޅޭގޮތުން ޙާޟިރުވާންޖެހޭ، ކުންފުނީގެ އެތެރެއާއި ބޭރުގެ ބައްދަލުވުންތަކަށް ޙާޟިރުވެ، ޑިރެކްޓަރ / ޑެޕިއުޓީ ޑިރެކްޓަރަށް ރިޕޯޓް ކުރުން. (ބ) ފެނުގެ ޔުނިޓްގެ މުވައްޒަފުންގެ ދުވަހު މަސައްކަތްތަކުގައި އިރުޝާދުދީ އެހީތެރިވެ، މޮނިޓަރކޮށް، ޑިރެކްޓަރ / ޑެޕިއުޓީ ޑިރެކްޓަރަށް ރިޕޯޓް ކުރުން. (ޅ) ފެނުގެ މަސައްކަތްތަކާގުޅިގެން، ސަރުކާރުގެ އިދާރާތަކާއި އެޖެންސީތަކާ ކުރަންޖެހޭ މުޢާމަލާތްތައް، ޑިރެކްޓަރ / ޑެޕިއުޓީ ޑިރެކްޓަރގެ އިރުޝާދުގެ ދަށުން ކުރުން. (ކ) ޑިޕާޓްމަންޓުން ހިންގާބަލަހައްޓާ ފެނުގެ ނިޒާމުތަކުގެ ހިންގުން ދުވަހުން ދުވަހަށް މޮނިޓަރކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތަކީ ފެންވަރު ރަނގަޅު، އިތުބާރުހިފޭ، ދެމެހެއްޓެނިވި ގޮތެއްގައި، ކުންފުންޏަށް ވީހާވެސް ޚަރަދުކުޑަކޮށް ފޯރުކޮށްދެވޭ ޚިދުމަތެއްކަން ޔަޤީންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. (އ) ކަސްޓަމަރުންގެ ޝަކުވާތަކަށް އެދެވޭ އަވަސް ޖަވާބެއް ދިނުމަށް، ޑިރެކްޓަރ / ޑެޕިއުޓީ ޑިރެކްޓަރ ގެ އިރުޝާދުގެ ދަށުން ބްރާންޗްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން. (ވ) ޑިޕާޓްމަންޓްގެ އެހެން ސެކްޝަން ތަކުގެ މަސައްކަތްތަކަށް އަހުލުވެރިވެ، އެސެކްޝަންގެ ޒިންމާދާރު މުވައްޒަފު ނުހުންނަ ޙާލަތްތަކުގައި ސެކްޝަންގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެ ޒިންމާވުން. (މ) ސެކްޝަންގެ އެންމެހައި މަސައްކަތްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓް ހެޑައް މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ޝެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން
|
މަސްޢޫލިއްޔަތު ތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 15:00 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އެޕްރީލް 2017 ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
14 ރަޖަބު 1438
11 އެޕްރީލް 2017