ދިވެހިރާއްޖެ
ނަންބަރު:A)CA-2017/133)
އިޢުލާން
ވޯޓުފޮށި ބަހައްޓާ ތަނައް ބަދަލު އައުން
މިކޮމިޝަނުގެ ނަންބަރު (A)CA-2017/46)) އިޢުލާނާއި ހަވާލާދީ ދަންނަވެމެވެ.
ޙަވާލާ ދީފައިވާ އިޢުލާނުގައިވާ ވޯޓުފޮށިތަކުގެ ތެރެއިން އަންނަނިވި ވޯޓުފޮށިތައް ބަހައްޓާތަނަށް ބަދަލު ގެނައުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. ވީމާ ގެނެވިފައިވާ ބަދަލުތައް ތިރީގައިވާ ތަޢާވަލުގައި ދަންނަވަމެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
ގދ. ތިނަދޫ ކެމްޕަސް |
މި ފޮށްޓަށް ވޯޓުލާނީ ތިނަދޫ ދަހަރާމަގުގެ ދެކުނުން، ކާންނާމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ގދ.ތިނަދޫ-5 |
Q02.01.1 |
1 |
ޅ. ކުރެންދޫ ހަބަޝީ ޕްރީ ސްކޫލް |
މި ފޮއްޓަށް ވޯޓުލާނީ، ޅޮސްގަސްމަގުން އިރަށް ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސާމްގޯޅިން އިރަށް ރަށްދެބައިމަގާ ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލާސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާއި ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާއި ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑިމަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގެ ދެކުނުގައިވާ ގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ޅ. ކުރެންދޫ-2 |
G03.03.2 |
2 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
13 ރަޖަބު 1438