ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މާރކެޓިންގ އެންޑް ސޯޝަލް މީޑިއާ އޮފިސަރ

މަޤާމް :މާރކެޓިންގ އެންޑް ސޯޝަލް މީޑިއާ އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމު: މާރކެޓިންގ އެންޑް ސޯޝަލް މީޑިއާ އޮފިސަރ

މުސާރަ އާއި އެލަވަންސް

މަހަކު -/10000ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

AS 3

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

މޯލްޑިވްސް މީޑިއާ އިންސްޓްޓިއުޓް/ޕަބްލިކް ސާރވިސް މީޑިއާ

މަޤާމުގެ ޝަރުތު:

ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ (2) ދޭއް އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މާރކެޓިންގ މެޓީރިއަލްސް ޑިޒައިން ކުރުން
  2. ސޯޝަލް މީޑިއާ އަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން
  3. ކޯޕަރޭޓް ބްރޭންޑިންގ އަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުން
  4. އިންސްޓްޓިއުޓުން ބާއްވާ އެކި އިވެންޓްތަކަށް ކޮންސެޕްޓް އަދި ބްރޭންޑިންގ ތައްޔާރުކުރުން
  5. ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން
  6. މާރކެޓް ކުރާނެ ސްޓްރެޓެޖީ ތަކާއި އައިޑިއާ ދިނުން
  7. ރިޕޯޓް ލިޔުން، ކޮޕީ ރައިޓިންގ އަދި ވެބް ކޮންޓެންޓް ތައްޔާރުކޮށް އަޕްޑޭޓް ކުރުން
  8. ޕްރޮޑަކްޓްތައް އެންމެ ރަނގަޅަށް ޢާންމުންނާއި ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން
  9. އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވާ ހިންގުން
  10. ސޯޝަލްމީޑިއާ ކެމްޕެއިންތައް ރާވާ ހިންގުން
  11. މާރކެޓިންގ އެންމެހައި ލިޔެކިޔުން ތައް ބެލެހެއްޓުން
  12. އިންސްޓްޓިއުޓުން ތައްޔާރުކުރާ ފޮތްތަކުގެ ލޭއައުޓް ތައްޔާރުކުރުން
  13. އިންސްޓްޓިއުޓުން ބާއްވާ އެކި އިވެންޓްތަކުގެ ފޮޓޯ ނެގުމާއި އާކައިވްކުރުން

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 އޭޕްރިލް 17 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                        13 ރަޖަބު  1438

                        10 އޭޕްރިލް 2017

10 އެޕްރީލް 2017
ހޯދާ