ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފޮތްތަކުގެ ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

 ފޮތްތަކުގެ ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ   

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ތައްޔާރު ކުރަން ބޭނުންވާ އެކި އެކި ފޮތްތައް ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން   ނަންބަރު: 170-B/I/2017/31

އަށް ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގު އެކަށީގެންވާ އަގަށްވުރެ ބޮޑުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ތައްޔާރު ކުރަން ބޭނުންވާ އެކި އެކި ފޮތްތައް ޑިޒައިންކޮށް ލޭއައުޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

      އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

10 އޭޕްރީލް 2017

10 އޭޕްރިލް 2017
ހޯދާ