މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހއ.އުލިގަމު ކަސްޓަމްސް ޢިމާރާތުގައި ނުނިމިހުރި މަސައްކަތް ނިންމަދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ހއ.އުލިގަމު ކަސްޓަމްސް އޮފީސް ޢިމާރާތުގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2017/08 އިޢުލާނާއި ގުޅިގެން ބިޑްފޮތް ގަނެފައިވަނީ ޝަރުތު ހަމަވާ 2 ފަރާތްތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ހއ.އުލިގަމު ކަސްޓަމްސް އޮފީސް ޢިމާރާތުގައި ނުނިމިހުރި މަސައްކަތް

  1. ހއ.އުލިގަމުގެ އޮފީސް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-04, GC01-03, GC01-02, GC01-01 އަދި GC01-05  ގްރޭޑްތަކުގެ ފަރާތްތަކަށެވެ.
  3. ބީލަން ފޮތް ލިބެންހުންނާ 11 އެޕްރީލް 2017 ން 13 އެޕްރީލް 2017 ގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގެ ކޭޝް ކައުންޓަރުންނެވެ. ބީލަން ފޮތެއްގެ އަގަކީ =/200 (ދުއިސައްތަ) ރުފިޔާއެވެ.
  4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހި، ނުދައްކާހުރި ފަރާތްތަކުން މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  5. ޕްރޮޖެކްޓުގެ ބިޑުސެކިއުރިޓީގެ ގޮތުގައި =/5000 (ފަސްހާސް) ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓްގެ އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  6. މިޕްރޮޖެކްޓުގެ ޕްރީބިޑް މީޓިންގެ ތެރެއިން ފުރަތަމަ މީޓިންގ އޮންނާނީ މާލޭގައި 15 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހުގެ 14:00 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގައެވެ. އަދި 2 ވަނަ މީޓިންގ އޮންނާނީ ހއ.އުލިގަން ކަސްޓަމްސް އޮފީސް ޢިމާރާތް ކުރާ ސައިޓުގައި 18 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މި 2 މީޓިންގގައިވެސް ބައިވެރިވާ ފަރާތްތަކަށެވެ.
  7. ޕްރީ ބިޑު މީޓިންގ ތަކަށް ހާޒިރުވުމުގެ ޓްރާންސްޕޯޓުގެ ޚަރަދު ހަމަޖައްސަންވާނީ ބީލަމަށް ހާޒިރުވާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ.
  8. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 25 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގައެވެ.
  9. މި އޮފީހުން ކުރެވުނު ނަންބަރު (IUL)14-PR/1/2017/08 އިޢުލާނާއި ގުޅިގެން ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އަލުން ބީލަން ފޮތް ނުގަނެ، ޕްރީބިޑް މީޓިންގ ތަކުގައި ބައިވެރިވެވޭނެއެވެ.  
  10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3334238 /3334113

ފެކްސް: 3303897 / 3303865

ޢީމެއިލް: [email protected]

ކޮޕީ: [email protected]

 

13 ރަޖަބު  1438 

10 އޭޕްރީލް 2017 

10 އޭޕްރިލް 2017
ހޯދާ