ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2017/41
އިޢުލާނު
ގެސްޓްހައުސްގައި އޭސީ ހަރުކުރުމާއި ގުޅޭ
ގެސްޓްހައުސްގެ 1 ވަނަ ބައި 2 ވަނަ ބައިގައި އޭސީ ހަރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، އޭސީ ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ އަގު އެގޭގޮތަށް މިއިދާރާއަށް ކޯޓޭޝަނެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހެޅޭނެ އެންމެފަހުގެ ތާރީޚަކީ 18 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށެވެ. އެވަގުތު ހުށަހަޅުއްވާ ފަރާތްތަކުގެ ކުރިމަތީގައި ކޯޓޭޝަންތައް ކެޑުން އޮންނާނެއެވެ. ކޯޓޭޝަންއާއިއެކު ހުށަހަޅާފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، ޖަމިއްޔާ ޖަމާއަތަކުންނަމަ ރަޖިސްޓްރީކޮޕީ ހުށަހަޅަންވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6800705 ނަންބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާނު ކުރީމެވެ.
13 ރަޖަބު 1438
10 އޭޕްރީލް 2017
ޢަލީ ޝިފާޒް
ކައުންސިލްގެ ރައީސް