މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްފޮތް ކާޑަށް ބަދަލުކުރުމާއި ބެހ

އިޢުލާން

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްފޮތް ކާޑަށް ބަދަލުކުރުމާއި ބެހޭ

 

08 އޯގަސްޓް 2015ގެ ކުރިން ރ.އަތޮޅު ކައުންސިލްގެ އިދާރާއިން ދޫކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްފޮތް ކާޑަށް ބަދަލުކޮށްދިނުމުގެ 2ވަނަ ބުރެއް 15 އޭޕްރީލް 2017ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30ގައި ރ.އަތޮޅު ކައުންސިލްގެ އިދާރާގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިޕްރޮގްރާމުގައި ބައިވެރިވާން އެދޭމީހުން 12 އޭޕްރީލް 2017ވަނަ ދުވަހުގެ 12:30ގެ ކުރިން އަލިފުށި ކައުންސިލްގެ އިދާރާއަށް ތިރީގައި ދެންނެވިފައިވާ މަޢުލޫމާތު ހިމެނޭގޮތަށް ލިޔުމަކުން އަންގައިވައި ދެއްވުން އެދެމެވެ.

  • ފުރިހަމަ ނަން، އެޑްރެސް، ލައިސަންސް ފޮތުގެ ނަންބަރު، އައިޑީ ކާޑް ނަންބަރު، ފޮތް ދޫކުރި ތާރީޚް.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. 

13   ރަޖަބު   1438

10   އޭޕްރީލް   2017 

10 އޭޕްރިލް 2017
ހޯދާ