ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި ބީ.އޯ.ކިއުއާ އެއްގޮތަށް، އެސްޓީއޯ އުމަރު ޝޮޕިންގ އާކޭޑްގައި އިލެކްޓްރޯނިކްސް ޝޯރޫމެއް ހަދައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2017 އެޕްރީލް 12 ވަނަ ދުވަހުގެ 1600 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް: ބީލަން ކަރުދާސް މި ކުންފުނީގެ ވެބްސައިޓް (http://sto.mv/Procurement.aspx) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މަޢުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 އެޕްރީލް 13 ވަނަ ދުވަހުގެ 1500 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 އެޕްރީލް 19 ވަނަ ދުވަހުގެ 1500 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344180, 3344196
ފެކުސް: 3344633
އީމެއިލް: [email protected]
06 އެޕްރީލް 2017