ދިވެހިރާއްޖެ
މިމުއަށްސަސާގެ ބޭނުމަށް ޗެކްޕޮއިންޓް 4800 NGTP ގެ ފަޔަރ ވޯލްއެއް ހޯދުމަށް ކުރި ނަންބަރ: (IUL)94-Q/1/2017/03 އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 16 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.